ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން

އިޢުލާން

ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން:

މަޤާމް: ރިސޯސް ޓީޗަރ (ޤުރްއާން)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމް: ރިސޯސް ޓީޗަރ (ޕްރައިމަރީ)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

ބޭނުންވާ އަދަދު: 1 (އެކެއް)  

މަޤާމް: ރިސޯސް ޓީޗަރ (ޕީ.އީ)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

ބޭނުންވާ އަދަދު: 1 (އެކެއް)

ޕީ.އީ ޓީޗަރުގެ މަޤާމަށް ކުރިމަތިލާ މީހުންނަކީ، ރިސޯސް ޓީޗަރުގެ އަސާސީ ޝަރުޠުގެ އިތުރުން ޕީ.އީ ގަޑިތައް ނަގައިދެވޭނެފަދަ ޞިއްޙީގޮތުން ޤާބިލު އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހަކަށްވުމާއި، ސްކޫލުގެ ކުޅިވަރުގެ ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރެވޭނެ ފަރާތެއްކަމުގައި ވާންވާނެއެވެ.

ނޯޓް: ކޮންޓްރެކްޓް ކުރެވޭނެ މުއްދަތަކީ، 3 މަސްދުވަހެވެ.

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް: ނެއްލައިދޫ ސްކޫލް /ހދ. ނެއްލައިދޫ

މި މަޤާމްތަކުގެ މުސާރައާއި ޝަރުޠު: 

1. ކޮންމެ މަހަކު ތިރީގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް.

ތަޢުލީމީ ފެންވަރު

މުސާރަ (މީލާދީ މަހަކަށް)

ސަރވިސް އެލަވަންސް (މީލާދީ މަހަކަށް)

ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

-/4،500 ރުފިޔާ

-/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

-/5،500 ރުފިޔާ

-/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/6،090 ރުފިޔާ

-/2،500 ރުފިޔާ

 ނޯޓް:

  • ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނީ، ގްރޭޑް 10 ނިންމައި، ލީވިންގ ސެޓްފިކެޓް ހުށަހަޅާފައިވާނަމައެވެ. ނުވަތަ ގްރޭޑް 10 ނިންމައި، ސާނަވީ އިމްތިޙާނެއްގައި ބައިވެރިވެފައިވާ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ.
  • މަތީ ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނީ، ގްރޭޑް 12 ނިންމައި، ލީވިންގ ސެޓުފިކެޓު ހުށަހަޅާފައިވާނަމައެވެ. ނުވަތަ ގްރޭޑް 12 ނިންމައި، މަތީ ސާނަވީ އިމްތިޙާނެއްގައި ބައިވެރިވެފައިވާ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ.
  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ދަރިވަރުންނަށް އުނގަންނައިދިނުމުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގުން.

2. ޓައިމްޓޭބަލާ އެއްގޮތަށް ކިޔަވައިދިނުން.

3. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

4. މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުން.

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 އެޕްރީލް 17 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ނެއްލައިދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

ނޯޓް:

ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިންޓަވިއު:

އިންޓަވިއު އޮންނާނީ، 2016 އެޕްރީލް 17 އާއި 18 އާ ދެމެދު، ނެއްލައިދޫ ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6520534 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6520534 އެވެ. 

28 ޖުމާދަލްއާޚިރާ 1437

06 އޭޕްރިލް 2016
ހޯދާ