ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އެސޯސިއޭޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޕްރޮޖެކްޓް އެސޯސިއޭޓް

ޔޫ.އެން.ޑީ.ޕީގެ އެހީގެދަށުން ކުރިއަށްއޮތް 2 އަހަރުދުވަހަށް "ސްކޭލިން އަޕް ދަ ނެޝަނަލް ކެޕޭސިޓީ ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އިން ދަ މޯލްޑިވްސް" މި ނަމުގައި މި ސެންޓަރުން މަޝްރޫޢުއެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ހިންގުމަށްޓަކައި ކޮންޓްރެކްޓް އުޞޫލުން ޕްރޮޖެކްޓް އެސޯސިއޭޓެއްގެ ޚިދުމަތް ހޯދުމަށްވަނީ ހަމަޖެހިފައެވެ. މި ކޮންޓްރެކްޓަކީ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ހެދޭނެ ކޮންޓްރެކްޓެކެވެ. ނަމަވެސް، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓް އާކުރުމުގެ ފުރުޞަތު އޮންނާނެއެވެ.

ޕްރޮޖެކްޓް އެސޯސިއޭޓުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ޕްރޮޖެކްޓް ހިންގުމަށްޓަކައި ދުވަހުން ދުވަހަށް ތަންފީޒުކުރަންޖެހޭ ކަންތައްތައް، ޕްރޮޖެކްޓް ވޯރކްޕްލޭނާ އެއްގޮތަށް ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދުގެދަށުން ކުރުން.
  • ޕްރޮޖެކްޓް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތައް ޕްރޮޖެކްޓް ރިޒަލްސްޓްސް ފްރޭމްވާރކްގައި ބަޔާންކޮށްފައިވާ ފެންވަރުގައްޔާއި މުއްދަތުގައި ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ޕްރޮޖެކްޓުގެ ފައިސާއާބެހޭ ހުރިހާ ކަންތައްތަކެއް، ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދުގެދަށުން ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްއާ ގުޅިގެން ކުރުން.
  • ޕްރޮޖެކްޓް ހިނގާގޮތް މޮނިޓަރކުރުމަށް، ކޮންމެ މަހެއްގެ ފައިނޭންޝަލް ރިޕޯޓުތައް ތައްޔާރުކުރުން.
  • ޕްރޮޖެކްޓުގެ ކުއާރޓަރލީ ރިޕޯޓުތައް ކޮންމެ 3 މަހަކުން ލިޔެ ޑްރާފްޓްކުރުން.
  • ޕްރޮޖެކްޓާ ގުޅުންހުރި ބައްދަލުވުންތައް ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދުގެދަށުން ބޭއްވުމާއި، މި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން.
  • ޕްރޮޖެކްޓުގެދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކާ އޮންނަ ގުޅުން ބަދަހިކޮށް، އެ ގުޅުން ވަރުގަދަކުރުން.
  • ޕްރޮޖެކްޓާބެހޭ މަޢުލޫމާތުތައް އެއްކޮށް، ޕްރޮޖެކްޓާ ގުޅުންހުރި ލިޔެކިއުންތައް ގަވާއިދުން ފައިލްކުރުމާއި ބެލެހެއްޓުން.
  • ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދުގެދަށުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮގްރާމްތަކާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.
  • ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ މެނޭޖްމަންޓުން އަންގާ މަސައްކަތްތައް ކުރުން.

ޝަރުޠުތައް:

ތަޢުލީމީ ފެންވަރު:

  • ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް، ޑިވެލޮޕްމަންޓް، ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ތަޖުރިބާ:

  • ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއިން ނުވަތަ ޕްރޮޖެކްޓް މަސައްކަތުގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ހުރުން.
  • ޔޫ.އެން.ޑީ.ޕީ ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާއަށް އިސްކަންދެވޭނެއެވެ.

އެހެނިހެން:

  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު ވާހަކަދައްކާށާއި، ލިޔެކިޔަން އެނގުން.
  • މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.

ވަޒީފާ އަދާ ކުރަންޖެހޭ ތަން: ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ

ވަޒީފާގެ މުސާރަ: މަހަކު -/15،000 ރުފިޔާ

މަސައްކަތަށް ޤާބިލް ފަރާތެއް ހޮވާނީ، މި ސެންޓަރާއި ޔޫ.އެން.ޑީ.ޕީގެ ބޭފުޅުން ހިމެނޭ ޕެނަލަކުން އިންޓަވިއު މަރްޙަލާއަކަށް ފަހުގައެވެ.

މި  ވަޒީފާއަށް  ކުރިމަތިލުމަށް  ބޭނުންވާ  ފަރާތްތަކުން،  އެފަރާތެއްގެ  ވަނަވަރާއި،  ވަޒީފާއަށް  ޝައުޤުވެރިވާކަމުގެ  ލިޔުން، 2016 އެޕްރީލް 17 ވަނަ ދުވަހުގެ 13:30 ގެ ކުރިން، އީމެއިލް މެދުވެރިކޮށް، ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

ޕްރޮޖެކްޓް ޑައިރެކްޓަރ

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ

ގ. ރިހިޖެހި ކޮށި، އަމީނީ މަގު

މާލެ، ދިވެހި ރާއްޖެ

ފޯން: 3333422

އީމެއިލް: [email protected]

4 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ