މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފައިނޭންސް އޮފިސަރ

މަޤާމް:

އެމް. އެސް. 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

ބަޖެޓް އެންޑް ފައިނޭންސް

ސެކްޝަން:

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަހަކު -/5،610 ރުފިޔާ

މުސާރަ:

މަހަކު -/2،000 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ރަށު ކައުންސިލްތަކުގެ މާލިއްޔަތުގެ ހިސާބުތައް ބަލައި މޮނިޓަރކުރުން.
  2. އަތޮޅު ކައުންސިލްގެ މާލިއްޔަތުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  3. ފައިސާއާ ގުޅޭގޮތުން އޮފީހުގެ ބޭނުންތަކުގައި މާލެއަށާއި އަތޮޅުގެ ރަށްރަށަށް ދިއުން.
  4. ކޮންމެ އަހަރަކު އަތޮޅު ކައުންސިލުން ތައްޔާރުކުރަންޖެހޭ ބަޖެޓް ތައްޔާރުކޮށް މުއްދަތަށް ފޮނުވުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި ކުރުން.
  5. ބަޖެޓާބެހޭ އެންމެހައި ކަންތައްތައް ގަވާއިދުން މުވައްޒަފުން ލައްވައި ކުރުވުމާއި އެކަން ބެލެހެއްޓުން.
  6. އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަން ދޭންޖެހޭ މުސާރައާއި އެލަވަންސް މަހުން މަހަށް ދިނުމުގެ މަސައްކަތްތައް ކުރުވުމާއި އެކަން ބެލެހެއްޓުން.
  7. އަތޮޅުގެ މާލިއްޔަތުގެ އެކައުންޓްތަކުން ނަގަންޖެހޭ ފައިސާގެ ކަންތައްތަކާއި އެކަމާބެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި ބެލެހެއްޓުން.
  8. ރަށު ކައުންސިލްތަކުގެ ބަޖެޓް ބަލައި ޗެކުކުރަން ޖެހިއްޖެނަމަ ޗެކްކުރުން.
  9. އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭންކުން ނަގަންޖެހޭ އެންމެހައި އިފައިސާގެ ކަންތައްތައް ބެލެހެއްޓުން.
  10. ފައިސާއާބެހޭ އެންމެހައި މައްސަލަތައް ލަސްނުކޮށް ނިންމަމުން ގެންދިއުން.
  11. ވައުޗަރުތަކުން ލިބެންވާ ފައިސާ ލިބުނުތޯ ބަލައި، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން
  12. މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް ކައުންސިލުން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ އެފަރާތްތަކަށް ލިބޭތޯ ބެލުން.
  13. ތިޖޫރީ ގަވާއިދުން ބެލެހެއްޓުން.
  14. މާލެއަތޮޅު ރަށު ކައުންސިލްތަކުގެ ފައިނޭންސް ޑިޕާޓްމަންޓްތައް ގަވާއިދާ އެއްގޮތަށް ހިންގުމަށްޓަކައި ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން.
  15. މާލެއަތޮޅު ރަށު ކައުންސިލްތަކުގެ ފައިނޭންސް ސެކްޝަންތަކުގެ މުވައްޒަފުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމްތައް ކައުންސިލްތަކުގެ މަޝްވަރާއާއެކު ރާވައި ހިންގުން.
  16. މާލެއަތޮޅު ރަށު ކައުންސިލްތަކުގެ ފައިސާއާބެހޭ ހިސާބުތައް ބެލެހެއްޓުމުގައި އެހީތެރިކަން ދިނުން.
  17. އޮފީހަށް ބަލައިގަންނަ ފައިސާއާއި، އެ ފައިސާއާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ގޮތްތަކަށް ކަންތައް ކުރަމުންގެންދޭތޯ ބެލުން.
  18. އަތޮޅުގެ މާލިއްޔަތާއި ބަޖެޓް ފައިސާ ފިޔަވައި ސަރުކާރުގެ އެހެން މުއްއްސަސާތަކުން އަންނަ ފައިސާގެ މައްސަލަތައް ހިންގައި ބެލެހެއްޓުވުން.
  19. ކައުންސިލްގެ އެންމެހައި އާމްދަނީގެ ރެކޯޑުތައް ބެލެހެއްޓުވުން.
  20. މާލެއަތޮޅު ކައުންސިލުގެ އިދާރާއަށް ލިބެންޖެހޭ އާމްދަނީތައް ހޯދުން.
  21. އަތޮޅު ކައުންސިލުން ނަގާ ލޯންތައް އަދާކުރާނެ ޕްލޭންތައް ރާވައި، ފައިނޭންސް ޑިޕާޓްމަންޓުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  22. އަތޮޅުކައުންސިލްގެ އެކިއެކި ޕްރޮގްރާމްތަކަށާއި، ތަރައްޤީގެ ޕްލޭންތަކަށް ހުޅުވޭ އެކިއެކި ފަންޑުގެ ކަންތައް ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

- ތަޢުލީމާއި ތަމްރީނު: %49

މަސައްކަތު ތަޖުރިބާ: %8

މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަން: %43

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- ފައިނޭންސް އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭނީ، ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުގެ ހެޑެއްގެ ގޮތުގައެވެ.

2- ބަޖެޓް އެންޑް ފައިނޭންސް ދާއިރާއިން ތަޖުރިބާ ލިފައިވުމާއި، އައިޓީ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

3- ފައިސާއާބެހޭ މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުމާއި، ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފަވުން.

މަޤާމުގެ ދާއިރާ:  

މި މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެޓިކަލްސް އޮންނާނީ، 2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެރޭ 21.00 ގައި މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ސިވިލް ސަރވިސްގެ ގަވައިދުގަވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ލިބެން ހުންނާނީ، މި އިދާރާއިންނެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި   އެކްރެޑިޓްކުރެވޭނެކަމަށް   މޯލްޑިވްސް   ކޮލިފިކޭޝަން   އޮތޯރިޓީން ދޫކުރައްވާފައިވާނަމަ، އެ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6644234  ނަންބަރު  ފޯނާއެވެ.  ފެކްސް ނަންބަރަކީ، 6640032 އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

27 ޖުމާދަލްއާޚިރާ 1437

05 އޭޕްރިލް 2016
ހޯދާ