ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯލްކޯޓު ހެދުމުގެ މަސައްކަތް ކޮށްދެއްވުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މިރަށުގައި ތަރައްޤީކުރެވޭ ނެޓްބޯލްކޯޓު ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން އެދިލައްވާ ފަރާތްކުން މިމަސައްކަތްކޮށްދެއްވަން ގަސްދު ކުރައްވާ އަގު ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާބެހޭ ތަފުސީލު މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރީގެ 11:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ މި އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯޒަލް ހުށަނޭޅުއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުމުގެ ސެޝަނުގައިވެސް ބައިވެރިނުވެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖުމާދަލްއާޚިރާ 1437                       

06 އޭޕްރިލް 2016
ހޯދާ