މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފަކަށް ވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ.

މަޤާމް: ސެކްރެޓަރީ ޖެނެރަލް 
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: މަހަކު -/20,500 ރުފިޔާ
ލިވިންގ އެލަވަންސް: މަހަކު -/15,000 ރުފިޔާ
އިތުރު ޢިނާޔަތްތައް: މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ. 

މަޤާމުގެ ޝަރުޠު: 
· މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. (މީޑިޔާ/ބްރޯޑްކާސްޓުގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
· ހިންގުމުގެ ދާއިރާގައި ސީނިއަރ މެނެޖްމެންޓާއި އެގްޒެކެޓިވް ލެވެލުގައި މުވައްޒަފުން ގޮވައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
· ޕްރޮފެޝަނަލް މުވައްޒަފުންނާއި، އެޑްމިނިސްޓްރޭޓިވް މުވައްޒަފުންނާއި، ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
· ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
· މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ މީހެއްކަމުގައިވުން.
· ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި އެމީހެއްގެ އަމިއްލަ މަސްލަޙަތެއް ނުހިމެނޭ މީހަކުކަމުގައިވުން.
· މަޤާމަށް ޤާބިލް މީހެއްކަން ކޮމިޝަނުގެ މެންބަރުންގެ އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:
· ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނާއި، ކޮމިޝަނުން ހަދާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ކޮމިޝަނުގެ އިދާރާ ހިންގައި ބެލެހެއްޓުން.
· ކޮމިޝަނުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނުގެ ޖަލްސާތަކުގެ އިދާރީ ކަންތައްތައް ހިންގައި ބެލެހެއްޓުން.
· ކޮމިޝަނަށް އެކަށައެޅިފައިވާ ބަޖެޓާ އެއްގޮތްވާގޮތުގެމަތިން، ކޮމިޝަނުގެ މަޤްޞަދު ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެކަށޭނަ މުވައްޒަފުން ހިމެނޭ އިދާރާއެއް ޤާއިމުކުރުމުގައި ކޮމިޝަނަށް އެހީތެރިވުން.
· ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި މަޝްރޫޢުތައް އެކުލަވައިލައި، އެކަންކަން އެކަށައަޅައި ހިންގުމުގައި ކޮމިޝަނަށް އެހީތެރިވެދިނުން.
· އިސްނެގުމާއި، އައު ގޮތްތަކާއި، އައު ޓެކްނޯލޮޖީއާއި ހުނަރަށް އިސްކަންދީގެން މުވައްޒަފުންނަށް އެ ރޮނގުތަކުން ކުރިއެރުން ގެނެސް، މަސައްކަތަށް އޭގެ އެދެވޭ ކުރިއެރުން ގެނައުން.
· ކޮމިޝަނުގެ އިދާރީ ހިންގުމަށް ބޭނުންވާނެ ގަވާއިދުތައް ހެދުން.

ހުށަހަޅަންޖެހޭ ތަކެތި: 
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް: www.broadcom.org.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) )
2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
5. ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތުން ކުރިން ވަޒީފާ އަދާކުރި ދާއިރާގެ އިސް މުވައްޒަފަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް. (ރިކޮމެންޑޭޝަން ލެޓަރ)
6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ / އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ސާފު ކޮޕީގެ އަސްލު)
7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު) 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
· ތަޢުލީމާއި ތަމްރީނު.
· މަސައްކަތުގެ ތަޖުރިބާ.

· މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

އިންޓަވިއު ކުރުން: 

މި މަޤާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ. 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3334333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3334334 އެވެ. އިތުރު މަޢުލޫމާތު، މި ކޮމިޝަނުގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ.

ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެއެވެ.

3 ރަޖަބު‏ 1437

10 އޭޕްރިލް 2016
ހޯދާ