ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ، ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް

ވަޒީފާގެ ފުރުޞަތު

މަޤާމު:                         ޑިރެކްޓަރ، ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް

ބޭނުންވާ އަދަދު:                      01

މުސާރަ:                         -/13,684 ރުފިޔާ

ލިވިންގ އެލަވަންސް:                  -/3,000 ރުފިޔާ

ރިސްކް އެލަވަންސް:                   -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:              މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  

1- މި އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އަނިޔާ ލިބިފައިވާ ފަރާތްތަކާ ގުޅޭގޮތުން ޕްރޮސިކިއުޝަނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، އަނިޔާ ލިބިފައިވާ ފަރާތްތައް ހެކިންގެ ގޮތުގައި ބޭނުންކުރަންޖެހޭ ހިނދެއްގައި އެމީހުން ޝަރީޢަތަށް ތައްޔާރުކޮށްދިނުމުގައި ޕްރޮސިކިއުޝަނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.

2- ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނާމެދު ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން، މި އޮފީހުން ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގައި ހިމެނޭ މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންނާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކޮށް ހިންގުން.

3- ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓުގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ MS2 ގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި MS2 ގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އިތުރު އެލަވަންސް:                 

މި މަޤާމަށް ލީގަލްސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އާއި، އެޑެންޓެންސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 17 އެޕްރީލް 2016 ވަނަ ދުވަހުގެ 14:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު މި އޮފީހަށް ފޮނުއްވުން އެދެމެވެ. ފޯމު ހުށަހަޅާއިރު ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް [email protected])

03 ރަޖަބު 1437

10 އޭޕްރިލް 2016
ހޯދާ