އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ (ޓްރެއިނީ)

އިޢުލާން
ވަޒީފާގެ ފުރުޞަތު:
 
މަޤާމް: ސޮފްޓްވެއަރ ޑިވެލޮޕަރ (ޓްރެއިނީ)

މި ފުރުޞަތަކީ، ކޮލެޖްގައި އުޅޭ ކުދިންނާއި، ސޮފްޓްވެއަރ ޑިވެލޮޕްމަންޓުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް، އެންމެ ރަނގަޅު ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމާއެކީ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ރަނގަޅު ފުރުޞަތެކެވެ.

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލްގެ 5 މާއްދާއިން "ސީ" އަށްވުރެ މަތިން ފާސްވެފައިވުން ނުވަތަ ޑިޕްލޮމާ/ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ/ ކޮމްޕިއުޓަރ ސައިންސް.
  • ސޮޕްޓްވެއަރ ޑިވެލޮޕްްމަންޓް،  “PHP” އަދި MySQL  އިން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތަކަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.
  • ވަޒީފާދޭ ފަރާތުންދޭ ޕްރެކްޓިކަލް ޓެސްޓަކުން ފާސްވުން.

ވަޒީފާގެ ޒިންމާތައް:

  • ޑިޒައިނާއި "ފްރަންޓް އެންޑް/ ބެކް އެންޑް ސޮލިއުޝަންސް" ގެ މަސައްކަތް ކުރުން.
  • " ސްޓޭޓް އޮފް ދަ އާރޓް" ގެ އޮނިގަނޑުތައް ބޭނުންކޮށްގެން އައު "ޔޫ އައި" ފަންކްޝަނަލަޓީގެ މަސައްކަތް ކުރުން.
  • ފަންކްޝަނަލް "ޔޫ އައި" /"ބެކް އެންޑް" ރިކުއަޔަރމަންޓްސްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން.
  • ކުންފުނީގައި ބޭނުންކުރެވެމެންދާ ޔޫސަރ އިންޓަފޭސްތައް ބަލައި ފާސްކޮށް، ހަރުދަނާކުރުން.
  • ސޮފްޓްވެއެރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާކުރުމަށް އެހީތެރިވެ، ޑިވެލޮޕްމަންޓް ޓީމާ ގުޅިގެން މަސައްކަތް ކުރުން.

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން.

ކުރިމަތިލުމުގެ ސުންގަޑި:  2016 އެޕްރީލް 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

1. ވަޒީފާއަށް އެދޭ ފޯމު

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 

3. ސީވީ

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application

-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: 

- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި ހިމެނެންޖެހޭ ވަޒީފާއަށް އެދޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމާއި، ތަޢުލީމީ ސެޓުފިކެޓުތައް ހުށަނާޅާ އެޕްލިކޭޝަންތައް ބަލައެއް ނުގަނަވޭނެއެވެ.

- އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

29 ޖުމާދަލްއާޚިރާ 1437
07 އޭޕްރިލް 2016
ހޯދާ