ފެކަލްޓީ އޮފް އާޓްސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރުން ހޯދުން

މަޤާމް :ޕާޓްޓައިމް ލެކްޗަރަރުން ހޯދުން
ބޭނުންވާ އަދަދު :4

އިޢުލާން

ޕާޓްޓައިމް ލެކްޗަރަރުން ހޯދުން

ލ. ގަމު ކެމްޕަހުގައި، މި ފެކަލްޓީގެ ފަރާތުން ހިންގާ "ޑިޕްލޮމާ އިން ދިވެހި ލޭންގުވިޖް" ކޯހުގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ. ލެކްޗަރަރުން ބޭނުންވާ މާއްދާތައް ތިރީގައި މިވަނީއެވެ. ކޮންމެ މާއްދާއަކަށްވެސް ބޭނުންވަނީ 01 (އެކެއް) ލެކްޗަރަރއެވެ.

-   ޓެކްސްޓް އެންޑް ކޮންޓެކްސްޓް

-   އިންގްލިޝް ފޮރ ސެކަންޑް ލޭންގުވިޖް ލަރނަރޒް

-   އެންޝިއެންޓް ހިސްޓްރީ އޮފް މޯލްޑިވްސް

-   ލޭންގުވިޖް އެންޑް ކޮމިއުނިކޭޝަން 2

ލެކްޗަރަރުންނަށް ހޮވިވަޑައިގަންނަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ލ. ގަމު ކެމްޕަހުގައެވެ.

ޝަރުޠު: މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އުޖޫރަ:  - ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

      - މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނު ކަރުދާހަކަށް -/35 ރުފިޔާ

ވީމާ، ލ. ގަމު ކެމްޕަހުގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލ. ގަމު ކެމްޕަހަށް ސިޓީ ފޮނުއްވުން އެދެމެވެ.

ސިޓީއާއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:

- ކޯސް ނިންމި ކަމުގެ ލިޔުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345177 ނުވަތަ 3345179 ނަންބަރާ ގުޅުއްވުން އެދެމެވެ.

27 ޖުމާދަލްއާޚިރާ 1437

05 އޭޕްރިލް 2016
ހޯދާ