މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް މީޑިޔާ އޮފިސަރ

އިޢުލާން

މިމިނިސްޓްރީގެ ނަންބަރު IUL)22-D/1/2016/159) (04 ފެބުރުވަރީ 2016) އިޢުލާނަށް އެކަށީގެންވާ ފަރާތެއް ކުރިމަތިލާފައިނުވާތީ، އެއިޢުލާނު ބާޠިލު ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

   މަޤާމު:                      އެސިސްޓެންޓް މީޑިޔާ އޮފިސަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     ޖީ.އެސް 4

   ކްލެސިފިކޭޝަން:                އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

   މުސާރަ:                    -/5020 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:              މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                       ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      މިނިސްޓަރސް ބިއުރޯ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- މިނިސްޓްރީގެ ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ޕަބްލިކަށް ފަތުރަންޖެހޭ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ފެތުރުން

2- މިނިސްޓްރީއާއި ދާއިރާގެ ތަންތަނުން ހިންގާ މުހިންމު ހަރަކާތްތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ސޯޝަލް މީޑިއާގައި ފެތުރުން

3- ރާއްޖޭގެ މީޑިޔާތަކުގައި ހުންނަ މިނިސްޓްރީއާ ގުޅުންހުރި ޚަބަރާއި މަޢުލޫމާތު ބަލައި މިނިސްޓަރުގެ ސަމާލުކަމަށް ގެންނަންޖެހޭފަދަ ޚަބަރުތައް މިނިސްޓަރުގެ އަރިހަށް ގެންދިއުމާއި، އެޚަބަރަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓަރގެ ލަފާފުޅާއެކު އަޅަމުން ގެންދިއުން

4- އެކިއެކި މުނާސަބަތުތަކާއި ޖަލްސާތަކުގައި މިނިސްޓަރު ދެއްވާ ސްޕީޗްތަކާއި ޚިޠާބުތައް ތައްޔާރުކުރުން

5- ދާއިރާއަށް ނެރެވޭ ސަރކިއުލަރތައް ބެލެހެއްޓުން

ޝަރުޠު:

1. މީޑިއާ ޕްބަލިކް ރިލޭޝަން/ މާރސް ކޮމިއުނިކޭޝަން/ ޖާނަލިޒަމް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މީޑިއާ ޕަބްލިކް ރިލޭޝަން/ މާރސް ކޮމިއުނިކޭޝަން/ ޖާނަލިޒަމް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން. 

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 20 އެޕްރީލް 2016- 15 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 19 އެޕްރީލް 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 އަދި 3341423 ފޯނަށް ގުޅުއްވުން އެދެމެވެ.

05 އޭޕްރިލް 2016
ހޯދާ