ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ އިންޖީނުގޭގައި ހުރި 300 ކިލޯ ވޯޓްގެ ބާޕެނަލްބޯޑް ސިޓީލާ ނީލަމުގައި ވިއްކާލުމަށް

އިޢުލާން

ފ.ނިލަންދޫ އިންޖީނުގޭގައި ހުރި 300 ކިލޯ ވޯޓްގެ ބާޕެނަލްބޯޑު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ.

1. މިޕެނަލްބޯޑުގެ ނީލަން ފެށޭ އަގަކީ -/250.000.00 ރުފިޔާއެވެ.

2. މި ނީލަމުގައި އެންމެ ކުޑަކޮށް އިތުރުކުރެވޭނެ އަދަދަކީ -/5000 ރުފިޔާއެވެ.

ވީމާ، ޕެނަލްބޯޑު ގަންނަން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވުމަށް ސިޓީ ހުށަހަޅުއްވަމުން ގެންދަވާނީ 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 2016 އެޕްރީލް 28 ވަނަ ދުވަހުގެ 12:00 އަށެވެ.

މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 12:00 ގައި މިއިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. މިޕެނަލްބޯޑު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި އަދި މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލް މެންބަރު ޢަބުދުލްޢަޒީޒު އިބުރާހީމް (މޯބައިލް ނަންބަރު 7791038) އާ ގުޅުއްވުން އެދެމެވެ.

މި ނީލަމުގައި ޖެހިޖެހިގެން ރަސްމީ 03 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަން ނިމޭތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ފައިސާ ދައްކަވައި ނިންމެވުމުން ޕެނަލްބޯޑު ދޫކުރެވޭނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

22 ޖުމާދަލްއާޚިރާ 1437  

31 މާރިޗު 2016
ހޯދާ