ދިވެހިރާއްޖެ
އިޢުލާން
މިޑިޕާޓްމަންޓްގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެއެވެ.
| 
 މަޤާމު  | 
 އެގްޒެމިނަރ ( ކޮންޓްރެކްޓް )  | 
||||
| 
 ބޭނުންވާ އަދަދު  | 
 ދިވެހި މާއްދާގެ 6 އިސްލާމް މާއްދާގެ 6  | 
||||
| 
 އުޖޫރަ:  | 
 -/10,000 ރުފިޔާ  | 
||||
| 
 މުއްދަތު:  | 
 މޭ 02 އިން ޖޫން 13 އަށް  | 
||||
| 
 އަސާސީ ޝަރުޠު:  | 
 
  | 
||||
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
  | 
||||
| 
 ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމަށް ބަލާނޭ ކަންކަން - ޕޭޕަރ ސެޓިންގގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓުފިކެޓުތަކަށާއި މަސައްކަތުގެ ޢަމަލީ ތަޖްރިބާއަށް ބަލައިގެން، ޕޮއިންޓް ދޭ އުސޫލުން، އެންމެމަތިން މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށެވެ. - ދެފަރާތެއްގެ މާކްސް ހަމަހަމަވެއްޖެނަމަ، އޭގެތެރެއިން ވަކިމީހަކު ކަނޑައަޅާނީ އިންޓަރވިއު ކޮށްގެންނެވެ.  | 
| 
 އިންޓަރވިއު ކުރުން: މިމަޤާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކޮށް ލިޔުމުން ޖަވާބުދާރީ ކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.  | 
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ www.dpe.edu.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
ށ- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައި )
ނ- ވަޒީފާއެއް އަދާކުރާނަމަ ( މިމަސައްކަތަށް ދޫކުރާނޭ ކަމުގެ ލިޔުން ) ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.
ރ- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ .
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 13:00
25 ޖުމާދަލްއާޚިރާ 1437
