ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މެނޭޖަރ

މުސާރައާއި އެލަވަންސް:

މަހަކު -/17500 ރުފިޔާ

މަޤާމުގެ ރޭންކް:

EX 4

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ތިނަދޫ މީޑިއާ ސެންޓަރ

މަޤާމުގެ ޝަރުޠު:

މަސްއޫލިއްތުތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ހާސިލުކޮށްފައިވުން ނުވަތަ ކަނޑައެޅިފައިވާ ދާއިރާގެ މަސައްކަތުގައި 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- މީޑިއާ ސެންޓަރުގެ މަސައްކަތްތައް އިސްވެ ހިންގައި، ބަލަހައްޓައި، އިންތިޒާމުކުރުން.

- މީޑިއާ ސެންޓަރުން ފޮނުވާ ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުކޮށް، ޕަބްލިކް ސަރވިސް މީޑިއާގެ މަޢުލޫމާތު ފެތުރުމުގެ ސިޔާސަތާ އެއްގޮތަށް ޕްރޮގްރާމްތައް އުފައްދައި ފޮނުވޭނެ އުޞޫލުތައް ހަމަޖެހިފައިވާގޮތަށް މުވައްޒަފުންގެ މެދުގައި އެކަށައަޅައި، އެ އުޞޫލާ އެއްގޮތަށް މަސައްކަތް ކުރުވުން.

- މީޑިއާ ސެންޓަރަށް ކަނޑއެޅިފައިވާ އެއަރޓައިމް އެލޮކޭޝަން މިންގަނޑާ އެއްވަރަށް އެކި ކެޓަގަރީތަކުގެ ޕްރޮގްރާމްތައް ބެހެއްޓޭނެ އުޞޫލެއް ކަނޑައަޅައި، އެ އުޞޫލުން މަސައްކަތް ކުރުވުން.

- ސުޕަވައިޒަރުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.

- އިދާރީގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ އާންމު މަސައްކަތްތަކާއި ވަކިއުޞޫލަކުން ދާއިމީކޮށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭ މުވައްޒަފުން ލައްވާ ކުރުވައި، ކުންފުނީގެ ގަވާއިދުތައް ތަންފީޒުކުރުވުން.

- ޕްރޮގްރާމްތައް ޕްރޮމޯޓްކުރުމުގެ މަސައްކަތް ޕްރޮޑިއުސަރުން މެދުވެރިކޮށް ކުރުވައި، އެކަންކަމުގެ ރެކޯޑް ބެލެހެއްޓޭނެ އިންތިޒާމެއް އެކަށައަޅައި، އެ މަސައްކަތް ކުރުވުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި:

 

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 އެޕްރީލް 12 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

22 ޖުމާދަލްއާޚިރާ 1437

31 މާރިޗު 2016
ހޯދާ