ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ GS70/2016/06 ނަންބަރުގެ އިޢުލާނުގައި މަޤާމުގެ ދާއިރާތައް ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

އެސިސްޓެންޓް ލައިބްރޭރިއަން   

މަޤާމް ނަންބަރު:

188-OD/22/2016/9

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 2

މަޤާމުގެ ގިންތި:

ދާއިމީ

ސެކްޝަން:

އެޑްމިނިސްޓްރޭޝަން

މުސާރަ:

މަހަކު -/5020 ރުފިޔާ

މަސައްކަތްކުރަންޖެހޭ އޮފީސް:

ކެޔޮދޫ ސްކޫލް / ވ. ކެޔޮދޫ

މަސައްކަތާގުޅޭ ދާއިރާ:

- ލައިބްރަރީއާ ގުޅޭ ދާއިރާ

- ކިޔަވައިދިނުމުގެ ދާއިރާ

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގުރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން  ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  "ސީ"  ގުރޭޑް  ލިބިގައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.   

މަޤާމުގެ މަސްއޫލިއްޔަތު:

 

1- ލައިބްރަރީން ދަރިވަރުންނާއި ޓީޗަރުންނަށް ފޮތް ދޫކުރުން.

2- ލައިބްރަރީގައި ފޮތްތައް އަތުރަންޖެހޭގޮތަށް އަތުރައި، ތަރުތީބުކޮށް ބެލެހެއްޓުން.

3- ހަލާކުވާ ފޮތްތައް ހެއްދުން.

4- ލައިބްރަރީގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.

5- ލައިބްރަރީއަށް ހޯދާ ފޮތްތަކާއި ލިބޭފޮތްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުވުން.

6- އަލަށް ލިބޭ ފޮތްތައް ދަރިވަރުންނަށް ތަޢާރަފްކޮށްދިނުން.

7- ފޮތްކިއުމަށް ދަރިވަރުން ޝައުޤުވެރިކުރުވުމަށް މަދުވެގެން ޓާރމަކު 1 ޕުރޮގުރާމް ހިންގުން.

8- ލައިބްރަރީއަކީ ދަރިވަރުން ޝައުޤުވެރިވާ ފަދަ ތަނެއްގެގޮތުގައި ބެހެއްޓުން.

އިތުރު އެލަވަންސްތައް:

- ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/1،500 ރުފިޔާ ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، ސަރުޠު ފުރިހަމަވާ ފަރާތްތަކާ އިންޓަވިޔު ކުރުމަށްފަހުގައެވެ. އިންޓަވިޔު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ކެޔޮދޫ ސްކޫލުގައެވެ.  

ސެޓްފިކެޓްތަކާއި ލިޔެކިޔުންތައް އެޓެސްޓްކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ، އިންޓަވިއުކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓް www.csc.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުގަމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  7. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  ވަޒީފާއަށް  އެދި  ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ،  ކެޔޮދޫ  ސްކޫލުގެ  އޮފީހަށެވެ.  ފޯމާއި  ތަކެތި  ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 6700804 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

25 ޖުމާދުލްއާޚިރާ 1437

03 އޭޕްރިލް 2016
ހޯދާ