ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ކުޑަކުދީންނަށް ދިވެހިބަހުން 'ނާވިލު' ލިޔުމުގެ މުބާރާތް – 2016

އިޢުލާން

ކުޑަކުދީންނަށް ދިވެހިބަހުން "ނާވިލު" ލިޔުމުގެ މުބާރާތް – 2016 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ގިންތިތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުން" މި ގިންތިން 2016 ވަނަ އަހަރު އިނާމު ދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ކުޑަކުދީންނަށް ދިވެހިބަހުން 'ނާވިލު' ލިޔުމުގެ ދާއިރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމަނުއްވާފައެވެ. މި ދާއިރާއިން އިނާމު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ "ކުޑަކުދީންނަށް ދިވެހިބަހުން "ނާވިލު" ފޮތް ލިޔުމުގެ މުބާރާތެއް މި އެކެޑަމީން ބާއްވައި، އެ މުބާރާތުން 1 ވަނަ ހާސިލުކުރާ ފަރާތަށް ނުވަތަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިނާމު ދެއްވާ ގޮތަށެވެ. މި މުބާރާތުގެ ގަވާއިދު މި އިޢުލާނާއެކު މިވަނީއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، 2016 ސެޕްޓެންބަރު 28 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި އެކެޑަމީއަށް ހުށަހެޅުން އެދެމެވެ. މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު، މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން އަދި މި އެކެޑަމީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި މި އެކެޑަމީގެ 3345285 ނުވަތަ 3345299 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 21 ޖުމާދަލްއާޚިރާ 1437

30 މާރިޗު 2016
ހޯދާ