ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ (ވަގުތީ)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2، އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މުސާރަ: މަހަކު -/5020 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ، ފިނޭންސް އެލަވަންސް: މުސާރައިގެ %35

ބޭނުންވާ އަދަދު: 1 (އެކެއް)

ބޭނުންވާ ސެކްޝަން: ހިއުމަން ރިސޯސް

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް: ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'އީ'  ގްރޭޑް  ލިބިފައިވުމުގެ  އިތުރުން،  ހަޔަރ  ސެކެންޑަރީ  ސުކޫލް  ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ' ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން  ދަށްވެގެން ' ސީ' ގްރޭޑް ލިބިފައިވުމާއެކު، މާޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ހިއުމަން ރިސޯސްސެކްޝަން

  1. ހުސްވާ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. އެކިއެކި ބޭނުންތަކަށް އޮފީހުގެ މުވައްޒަފުންނާއި އޮފީހުގައި އުޅެފައިވާ މުވައްޒަފުންނަށް ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް، ހެދިފައިވާ ގަވާއިދާ އެއްގޮތަށް އެފަރާތްތަކަށް ފޮނުވުން.
  3. ބިއުރޯއަށް އަލަށް އުފައްދާ މާޤާމުތައް އުފެއްދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްޝަންގެ އެންމެ އިސްވެރިޔާ ލަފާގެމަތިން ކުރުން.
  4. ވަކިގޮތެއް ނާންގާ ވަޒީފާއަށް ނުނިކުމެތިބޭ މުވައްޒަފުންގެ މައްސަލަ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. މުސާރަ ނުލިބޭގޮތަށް ވީއްލޭ މުވައްޒަފުންގެ ކަންތައްތައް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާ، ރެކޯޑްސް ބެލެހެއްޓުން.
  6. ކިޔަވަން ފޮނުވިފައިވާ މުވައްޒަފުންގެ ވަޒީފާގެ މައްސަލަ، ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. މި އޮފީހުގެ މުވައްޒަފުން ބައިވެރިވާ ބައްދަލުވުންތަކުގެ ތަފްޞީލް ހިމެނޭ ސްޓާފް ޝެޑިއުލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. މަޤާމުތަކުގެ އަންދާޒާ ބަޖެޓް ތައްޔާރުކޮށް، ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަނާ ހަވާލުކުރުން.
  9. ބިއުރޯގެ އިދާރީ އޮނިގަނޑަށް އަންނަ ބަދަލުތަކާ އެއްގޮތަށް އޮނިގަނޑު އިސްލާޙްކޮށް ބެލެހެއްޓުން.
  10. ބިއުރޯގެ މެންޑޭޓަށް އަންނަ ބަދަލުތައް އިސްލާޙުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  11. މި އޮފީހުގެ އަހަރީ ރިޕޯޓަށް ސެކްޝަނުން ހުށަހަޅަންޖެހޭ މަޢުލޫމާތުތައް އެކުލަވައިލުން.
  12. މުވައްޒަފުންނަށް ނަސޭޙަތްދޭންޖެހޭ ހާލަތްތަކުގައި އެ މުވައްޒަފުންނަށް ނަސޭޙަތްދިނުމުގެ އިންތިޒާމް ހަމަޖައްސައި ސެކްޝަންގެ ހެޑުގެ ލަފާގެމަތިން ލިޔުން ތައްޔާރުކޮށް އެ ލިޔުން ހަވާލުކުރުން.

އިތުރު ޢިނާޔަތްތައް:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެހަފްތާތެރޭގައި މާލޭގައި އޮންނާނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ  ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

- ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) 
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  7. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް.
  8. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

ޝޯޓް ލިސްޓް ކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:

2016 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުން އެދެމެވެ. 

އިތުުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3349388 ނަންބަރު ފޯނަށް ނުވަތަ 3349395 ނަންބަރު ފޯނަށެވެ.

25 ޖުމާދަލްއާޚިރާ 1437
03 އޭޕްރިލް 2016
ހޯދާ