އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެޕްލިކޭޝަން ފޯމުތައް ހުށަހެޅުއްވުމާބެހޭ

އިޢުލާން

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް އެޕްލިކޭޝަން ފޯމުތައް ހުށަހެޅުއްވުމާބެހޭ

މި އަހަރުގެ އޭޕްރިލް 3 ވަނަ ދުވަހުން ފެށިގެން މިއޭޖެންސީއަށް ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމުތަކުގެ ތެރެއިން އެދުވަހެއްގައި ކުރިއަށް ގެންގޮސްދެވޭނީ އެދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިއޭޖެންސީއަށް ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުތަކުގެ ތެރެއިން ހުށަހަޅަންޖެހޭ އެންމެހައި މަޢުލޫމާތުތައް ފުރިހަމައަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ކަމުގައި ހަމަޖައްސައިފީމެވެ. މިގޮތަށް ހަމަޖެއްސުމުން އީމެއިލާއި އީ ގަވަރމެންޓުގެ ޒަރީޢާއިން ފޮނުވާ އެޕްލިކޭޝަންތަކަށް ވެސް ޢަމަލުކުރެވޭނީ މިދެންނެވި ގޮތަށް ކަމުގައި ދެންނެވީމެވެ. އަދި މި އޭޖެންސީގެ ކައުންޓަރ ހުޅުވިފައި ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 8:30 ން 13:30 އަށް ކަމުގައިވެސް ހަމަޖައްސައިފީމެވެ.

އަދި ދަންނަވަމެވެ. މި އޭޖެންސީއަށް އެކި ކަންކަމުގައި ދައްކަންޖެހޭ ފައިސާ އޭޖެންސީއަށް ބަލައިގަންނަ ގަޑިތައް އަންނަނިވި ގޮތަށް ހަމަޖައްސައިފީމެވެ.

  1. އާދީއްތަ ދުވަހުން ބުދަ ދުވަހަށް    8:30 ން 13:30 އަށް
  2. ބުރާސްފަތި ދުވަހު           8:00 ން 11:00 އަށް

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

31 މާރިޗު 2016
ހޯދާ