މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފުރާވަރުގެ އުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚުލާޤުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް - 2016

އިޢުލާން

ފުރާވަރުގެ އުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚުލާޤުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް- 2016

ފުރާވަރު ޢުމުރުގެ ކުދީންނަށް އަމާޒު ކޮށްގެން، ކުދިން ޝައުޤުވެރިވާ ގޮތަށް، އިސްލާމީ ރިވެތި އަޚުލާޤާއި އާދަކާދައިގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ދޮރު ވަނީ ހުޅުވައިލެވިފައެވެ. މި މުބާރާތަށް ހުށަހަޅާ ވާހަކަތަކުން ބޮޑެތިވަމުން އަންނަ ކުދިންނަށް އިސްލާމީ މުޖްތަމަޢުގެ ތެރޭގައި ހުންނަންޖެހޭ އަދަބުތައްކަމުގައިވާ، މައިންބަފައިންނަށް ކަމޭ ހިތުން، މުދައްރިސުންނަށް އިޙްތިރާމުކުރުން، އަމުރުވެރިންނަށް ކިޔަމަންވުން، ބޮޑެތި މީހުންނަށް އިޙްތިރާމުކުރުން، އަވަށްޓެރިންނަށް އިޙްތިރާމުކުރުން، ކުޑަކުދިންނަށް އޯގާތެރިވުން، މަގުމަތީގެ އަދަބުތަކުގައި ހިފެހެއްޓުން ފަދަ ކަންކަން އެނގި ދަސްވުމާއި، ކީރިތި ރަސޫލާގެ ސީރަތުންނާއި އަޞްޙާބުންނާއި ތާބިޢީން ފަދަ ބޭބޭކަލުންގެ ދިރިއުޅުއްވުމުން ލިބެންޖެހޭ ޢިބްރަތްތެރިކަން ލިބިގަތުން ހިމެނެއެވެ.

މި މުބާރާތުން 1 ވަނަ ހޯދާ ފަރާތެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި އިނާމު ލިބޭނީ މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 2016 ވަނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން" މިދާއިރާއިންނެވެ.

މި މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް މިނިސްޓްރީން އިނާމު ހުށަހަޅާފައިވެއެވެ. އެއީ:

1. އެއްވަނަ އަށް  -/10000ރ. (ދިހަހާސް ރުފިޔާ)

2. ދެވަނަ އަށް   -/7500 ރ. (ހަތްހާސް ފަސްސަތޭކަ ރުފިޔާ)

3. ތިންވަނަ އަށް  -/5000 ރ. (ފަސްހާސް ރުފިޔާ)

1 ވަނަ 2 ވަނަ އަދި 3 ވަނައިގެ އިތުރުން އެންމެ ގިނަ މާކުސް ލިބޭ ފަސް ވާހަކަ ހުށަހެޅި ކޮންމެ ފަރާތަކަށް -/3000 ރުފިޔާ (ތިންހާސް ރުފިޔާ) ގެ އިނާމު ވަނީ ކަނޑައެޅިފައެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށްޓަކައި، މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިކުރާ ވާހަކަފޮތާއެކު މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ. މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv ން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި މި މިނިސްޓްރީގެ 3020213 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

21 ޖުމާދަލްއާޚިރާ 1437

30 މާރިޗު 2016
ހޯދާ