އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް: އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ

ސެކްޝަން: A ސެކްޝަން.

ޔުނިޓް: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މުސާރަ: މަހަކު -/5،610 ރުފިޔާ.

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ.

ބޭނުންވާ އަދަދު: 1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ: 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

1– މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2– މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3– މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ:

1. ކައުންސިލުން ހިންގާ އިޤްތިޞާދީ ތަރައްޤީއާ ގުޅޭ މަސައްކަތްތަކުގެ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

2. ކައުންސިލަށް އާމްދަނީ ލިބޭ ކަންކަމުގެ ރިކޯޑުތައް ބެލެހެއްޓުން.

3. އިޤްތިޞާދީ ދާއިރާއިން ސަރުކާރުގެ ކަމާބެހޭ މުއްސަސާތަކަށް ފޮނުވަންޖެހޭ މަޢުލޫމާތުތައް ފޮނުވުން.

4. ކައުންސިލްގެ މާލީބަޔާނާއި ކައުންސިލްގެ 6 މަހުގެ ރިޕޯޓާއި، އަހަރީ ރިޕޯޓް ލިޔެ ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

5. ކައުންސިލުން ހިންގަންޖެހޭ ޕްރޮޖެކްޓްތައް ހިންގުމާއި، އެ ޕްރޮޖެކްޓްތަކާބެހޭ އެންމެހައި ލިޔެކިޔުންތަކެއް ލިޔެ ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތު ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި،އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމުގެ ކުރިން އެއްވެސް ސަބަބަކާހުރެ އިތުރު މައްސަލައެއް ނުވަތަ މަސައްކަތެއް ކުރަން ނުޖެހޭނަމަ ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި (ރަސްދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި) އޮންނާނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  މަޤާމަށް  އެދެންވާނީ،  ފުރިހަމަކޮށްފައިވާ  ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމަކުންނެވެ. ވަޒީފާއަށް  އެދޭ  ފޯމު  ހުށަހެޅޭނެ  އެންމެފަހު  ތާރީޚަކީ، 2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ފޯމު ހުށަހަޅާނީ، އއ. ރަސްދޫ ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އއ. ރަސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3. ސިވިލް ސަރވިސް އަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން (މި އިދާރާ ފިޔަވައި އެހެން އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން) އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ގުޅާނީ، 6660714 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6660714 އެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

19 ޖުމާދަލްއާޚިރާ 1437

28 މާރިޗު 2016
ހޯދާ