މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން

މިކައުންސިލް އިދާރާގައި ހުރި ބައުތަކެތި ނީލަންކިޔުން 09 އެޕްރީލް 2016 ވާ ހޮނިހިރު ދުވަހުގެ 10:00 ގައި މިއިދާރާގައި އޮންނާނެއެވެ. ނީލަންކިޔާ ތަކެތި ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 ން 12:00 އަށް މި އިދާރާއަށް ވަޑައިގަތުމުން ތަކެތި ބެލޭނެ އިންތިޒާމު ވަނި ހަމަޖެހިފައެވެ.

ނީލަމުން ނަންގަވާ ތަކެތީގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމު 09 އެޕްރީލް 2016 ވާ ހޮނިހިރުދުވަހުގެ 10:30 ން 14:00 އަށް، އަދި 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 9:00 ން 12:00 އަށް މިއިދާރާގައި ހަމަޖެހިފައިވާނެއެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތުގައި ފައިސާ ދައްކާ ނިންމެވުމަށްފަހު، 11 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ ނިޔަލަށް ތަކެތި ގެންގޮސް ނިންމަވަންވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކަވާ ތަކެތި ނުގެންދަވައިފިނަމަ އެފަރާތުން ނެންގެވި ތަކެތީގެ ނީލަން ބާޠިލުކޮށް، މިއިދާރާއިން ދެން ބާއްވާ ނީލަމެއްގައި ބައިވެރިވުމުގެ ފުރުޞަތު އެފަރާތްތަކަށް ނުދެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

20 ޖުމާދަލްއާޚިރާ 1437

29 މާރިޗު 2016
ހޯދާ