މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އޮފީސް އިމާރާތް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިމިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ޅ. ނައިފަރު ބިޒްނަސް ސެންޓަރ އޮފީސް އިމާރާތް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވާތީ، މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމާބެހޭ ތަފުސީލު ތިރީގައި މިވަނީއެވެ.

 1. އޮފީސް އެޑްރެސް: ފާދިއްޕޮޅު އަތޮޅުގެ / ޅ. ނައިފަރު
 2. މަސައްކަތްކުރަންޖެހޭ ގަޑިތައް: ހެނދުނު 08:00 ން މެންދުރު 12:00 އަށް (މަޝްވަރާ ކުރުމަށްފަހު ދެ ފަރާތުން އެއްބަސްވާ ގޮތަށް ގަޑިތަށް ބަދަލުކުރެވިދާނެ)
 3. މަސައްކަތުގެ މުއްދަތު: 31 ޑިސެންބަރު 2016 ގެ ނިޔަލަށް
 4. ކުރަންޖެހޭ މަސައްކަތް:

    - އޮފީސް ހުޅުވާ ގަޑިއަށް އައިސް އޮފީސްތެރެ ކުނިކަހައި ފޮޅައި ސާފުކުރުން

    - އޮފީސް ފާޚާނާ ސާފުކުރުން

    - ހަފުތާއަކު ތިން ދުވަހު އޮފީސްތެރޭގައި މޮޕްލުން

    - ކުނިވަށިގަނޑުތައް ހުސްކޮށް ކުނި އުކާލުން

    - ހަފުތާއަކު އެއްފަހަރު ބިއްލޫރިތައް ފޮހެ ސާފުކުރުން

    - މަހަކު އެއްފަހަރު ފަންކާ ފޮހެ، ފާރުތައް ފޮޅައި ސާފުކުރުން

އަގު ހުށަހެޅުން.

 1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.
 2. އަގު ހުށަހަޅާނީ ދުވާލަކަށްޖެހޭ އަގެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

 1. ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
 2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
 3. ބިޑަށް މާކްސް ދެވެނީ ތިރީގައިވާ ގޮތަށެވެ.

އަގަށް

90

 • ހުށަހަޅާފައިވާ އަގަށް ދޭ މާކްސް

މާކްސް ދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

ތަޖްރިބާ

10

 • ވަޒީފާއަށް މީހުން ހޮވުމުގައި މިދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 • މިބަޔަށް މާކްސް ދެވޭނީ ތަޖުރިބާގެ ގޮތުން މިކަހަލަ މަސައްކަތްތައް ކޮށްފައިވާކަމުގެ ލިޔުންތަކަށެވެ.

4. ބިޑް އިވެލުޝަނަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 14 އެޕްރީލް 2016 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޅ. ނައިފަރު ބިޒްނަސް ސެންޓަރަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީހިސާބުތައް ހުށަހަޅަންވާނީ މިނިސްޓްރީން އަންދާސީހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ފޯމާއެކުގައެވެ. މިގޮތުން ފޯމު ނުލާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

  ޅ. ނައިފަރު ބިޒްނަސް ސެންޓަރ

  ޅ. ނައިފަރު، ދިވެހިރާއްޖެ

އަންދާސީހިސާބު ހުށަހަޅާ ފޯމު ޅ.ނައިފަރު ބިޒްނަސް ސެންޓަރުން ލިބޭނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6620350 އަށް ގުޅުއްވުން އެދެމެވެ.

‏20‏ ޖުމާދަލްއާޚިރާ‏ 1437

30 މާރިޗު 2016
ހޯދާ