ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާން ކަރުދާސް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން

ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާން ކަރުދާސް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން

ސިވިލް ސަރވިސް ކޮމިޝަނުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އިމްތިޙާނު ކަރުދާހާއި އެ ކަރުދާހުގެ އިތުރު ނަމޫނާ ކަރުދާހެއް އަދި މާރކިންގ ސްކީމްތައް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

އިމްތިޙާނު ކަރުދާސް އެކުލެވިގެންވާ ބައިތައް:

  1. ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ބޭނުންވާ އާންމު މަޢުލޫމާތު
  2. އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ ލިޔުންތެރިކަމުގެ ހުނަރު
  3. މުޢާމަލާތު ކުރުމުގެ ހުނަރާއި މުވާސަލާތު ކުރުމުގެ ހުނަރު

ބޭފުޅުން ހޮވުމުގައި މާރކްސް ދެވޭނެ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު:    %30
  • އިމްތިޙާން ޕޭޕަރު ތައްޔާރުކުރުމުގެ ތަޖުރިބާ: %45
  • އަގު:           %25

ވީމާ، މި އިމްތިޙާނުގެ އިމްތިޙާން ކަރުދާސް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ އަގު ބަޔާންކޮށް ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ 2016 އޭޕްރީލް 5 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 އަށް މިކޮމިޝަނަށް (ވެލާނާގެ 12 ވަނަ ފަންގިފިލާ) ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. މި  އިމްތިޙާނުގެ މުޤައްރަރާއި ނަމޫނާ ކަރުދާސް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ލިބެން ހުންނާނެއެވެ.

މި ކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓުގެ ނަންބަރު 330734/83307311/3309978 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

16 ޖުމާދަލްއާޚިރާ 1437

29 މާރިޗު 2016
ހޯދާ