މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހދ. ނޮޅިވަރަމު ސްކޫލުގެ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް، އަދި އާ ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހދ. ނޮޅިވަރަމު ސްކޫލުގެ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް އަދި އާ ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

ހދ. ނޮޅިވަރަމު ސްކޫލުގެ ކުދިން ބޭނުންކުރަމުންދާ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް، އަދި އާ ފާޚާނާބަރިއެއް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން 8 މާރިޗު 2016 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރެވުނު ނަންބަރު (IUL)22-G/22/2016/8 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

03 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 11:00

10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 11:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341138 ނަންބަރު ފޯނާއެވެ.

19 ޖުމާދަލްއާޚިރާ 1437

28 މާރިޗު 2016
ހޯދާ