އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 އިޢުލާން

ކޮންޓްރެކްޓް އުސޫލުން މި އިދާރައިގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ކޮންޓްރެކްޓް އުސޫލުން ހަންޏާމީދޫ ކައުންސިލްގެ އިދާރައިގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މި މަސައްކަތް ކޮށްދިނުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 މި އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު 4 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 11:00 ގައި މި އިދާރާއަށް އަގު ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ނުވަތަ ބަދަލުގައި މީހަކު ނުފޮނުއްވާ ފަރާތްތަކުން ހުށަހަޅާ އަގުތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. އަގު ހުށަހެޅުމަށް އެއްވެސް ފަރާތެއްގެ ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

އަގު:  %85

ތަޖުރިބާ: % 10

މުވައްޒަފުން: %5

24 މާރިޗު 2016
ހޯދާ