ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
މުދާތަކެއް ނީލަމުގައި ވިއްކާލަން

އިޢުލާން

މިބަނދަރަށް އެތެރެކޮށް ނުގެންދަވައި ގިނަދުވަސް ވެފައިވާ މިދަންނަވާ މުދާ / މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

މި ނީލަން ނަންބަރަށް ފަހަރަކު މަދުވެގެން އިތުރުކުރެވޭނީ -/500 ރ އެވެ.           

ނީލަން ފެށޭ އަގު

(ރ)

މުދަލުގެ ތަފުސީލު

އަދަދު

ނީލަން ނަންބަރު

-/73،300

      Nissan/ Serena –CC25 / 2010

01

01

1. ނީލަން ކިޔުން އޮންނަ ތަން: ހިތަދޫ ޕޯޓް ލިމިޓެޑްގެ ހެޑްއޮފީހުގައި

2. ނީލަން ކިޔަން ފެށުން: 05 އެޕްރީލް 2016 ވާ އަންގާރަަދުވަހުގެ ހެނދުނު 10:00 ގައި

3. ނީލަމުގައި ބައިވެރިވުން: މިނީލަމުގައި ބައިވެރިވެވޭނީ 03 އެޕްރީލް 2016 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސްގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. ނަންނޯޓް ކުރައްވާއިރު އައި.ޑީ ކާޑު ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

4. ނީލަން ކިޔާ މުދާ ބެލުން: 04 އެޕްރީލް 2016 ވާ ހޯމަދުވަހުގެ 10:00 އިން 11:00 އަށް ބަނދަރު ސަރަޙައްދުގައި

5. ފައިސާ ދެއްކުމާއި މުދާ ގެންދިއުން:  

  • ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. އަދި މުދާ ކްލިއަރ ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން މިކުންފުނިން ފޯރުކޮށްދެވޭނެއެވެ.
  • ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ވަގުތުން ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެމުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ. 

6. ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު

      ނީލަން ނިމޭ އަގު                       ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓާ މިންވަރު

     -/500ރ އާ ހަމައަށް                              އަގުގެ 0

     -/501- -/1000ރ އާ ހަމައަށް                        އަގުގެ %25

     -/1001- -/10000 ރ އާ ހަމައަށް                      އަގުގެ

     -/10001 ރ އިން ފެށިގެން މައްޗަށް                   އަގުގެ

  • ލަސްވެގެން ނިލަން ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާ ހަވާލުވާންވާނެއެވެ.
  • ޖީ.އެސް.ޓީ ގެ ގޮތުގައި ނީލަން ނިމޭ އަގުން ނެގޭނެއެވެ.
  • މުދާ ދޫކުރެވޭނީ މިކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު، ޑެލިވަރީ އޯޑަރ ކާގޯ ކްލިއަރެންސް ޑިޕާޓްމެންޓަށް ހުށަހެޅުންނެވެ. މިކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަށެވެ.
  • ނީލަން ނިމުމަށްފަހު، ނީލަން ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވާނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ. އަދި ނީލަން ނެގި ފަރާތުން މިކުންފުނިން ބާއްވާ ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާޠިލުވާ ތާރީޚުން ފެށިގެން 60 ދުވަސް ފަހުންނެވެ.
  • ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖު ނަގާނީ މިކުންފުނީގެ ސްޓޯރޭޖް ފީ އާބެހޭ ގަވާއިދުގެ މަތިންނެވެ.
  • ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖްގެ ފައިސާގެ އަގު، މުދަލުގެ އަގަށް ދެއްކި ފައިސާއާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާޠިލުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދެއްކި ފައިސާ ރީފަންޑް ނުކުރެވޭނެއެވެ.  

12 ޖުމާދަލްއާޚިރާ 1437 

21 މާރިޗު 2016
ހޯދާ