ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ފަރުނީޗަރު ހޯދަން

އިޢުލާން

މި ސްކޫލުގެ ކްލާސްރޫމްތަކަށް ބޭނުންވާ ފަރުނީޗަރ ހޯދަން ބޭނުންވެއްޖެ

މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި އަލަށް އިމާރާތްކުރި 9 ކްލާހަށް ބޭނުންވާ ފަރުނީޗަރ ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި މި ސްކޫލުގެ ނަންބަރު: 6640574 އާ ގުޅުއްވުމަށް ދަންނަވަމެވެ. އަދި [email protected] ނުވަތަ [email protected]  މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

20 މާރިޗު 2016
ހޯދާ