މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މުވައްޒަފަކު ހޯދުން:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ހިންމަފުށީ ކައުންސިލް އިދާރާ

އޮފީސް / އިދާރާ:

ކޯޕަރޭޓިވް އެފެއާޒް

ސެކްޝަން:

ހިންމަފުށީ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަހަކު -/4،465 ރުފިޔާ

މުސާރަ:

މަހަކު -/1،500 ރުފިޔާ

ސަރވިސް އެލަވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ   ދާއިރާއަކުން   ދިވެހިރާއްޖޭގެ   ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 3 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

1- ކައުންސިލް އިދާރާގެ މުވައްޒަފުންގެ ހާޒިރީއާއި، އެހެނިހެން މުވައްޒަފުންގެ ހާޒިރީތައް ބެލެހެއްޓުމާއި، ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތަށް ރިޕޯޓް ފޮނުވުން.

2- މުވައްޒަފުންގެ ޗުއްޓީ ރެކޯޑްތައް ހެދުމާއި، ބެލެހެއްޓުން.

3- މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުން.

4- އަލަށް އުފައްދާ މަޤާމުތަކަށް މީހުން ހޯދުމާ ބެހޭގޮތުންނާއި، ވަޒީފާ ދިނުމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެންމެހައި ލިއެކިއުންތައް ތައްޔާރުކޮށް ފޮނުވުން.

5- މުވައްޒަފުންގެ އެޕްރަޒައިލް ފޯމްތައް ބެލެހެއްޓުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.  

6- އެޗް އާރު އެމް ޑީ ކޮމެޓީގެ އެންމެހައި ބައްދަލުވުންތަކަށް ދެންނެވުމާއި، އެ ކޮމެޓީގެ ލިއެކިއުންތައް ލިޔެ ބެލެހެއްޓުން.

7- އުފަންދުވަހުގެ ސެޓްފިކެޓާއި، އުފަންދުވަހުގެ ރަޖިސްޓްރީ ހެދުމާއި ބެލެހެއްޓުން.

8- ރަށްވެހިންގެ ރަޖިސްޓްރީ ހެދުމާއި، ބެލެހެއްޓުމާއި، އެކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ނޭޝަނަލް   ރަޖިސްޓްރޭޝަނަށް ފޮނުވަންޖެހޭ ލިއުންތައް ފޮނުވުން.

9- ސަލާމަތީ ސެޓްފިކެޓް ހެދުމަށް ހުށަހަޅާ އުޅަނދުތައް ސާރވޭކުރުމާއި، ސެޓްފިކެޓް ހެދުމާއި، އެކަމާބެހޭ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

10- ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެމަތިން ސެކްޝަނަށް ލިބޭ ސިޓީ މެސެޖު ފަދަ ލިއުންތަކަށް

ޖަވާބުދިނުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން.

11- މީގެ އިތުރުންވެސް، ކައުންސިލުން ކަނޑައަޅާ އިދާރާގެ މަސައްކަތްތަކާއި، ޒިންމާދާރުވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.

12- އިންޞާފުވެރިކަމާއި، ތެދުވެރިކަމާއެކު ވަކިފަރާތަކަށްނުޖެހި، ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެ، މަތީގައިވާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

(ހ) ތަޢުލީމާއި ތަމްރީން.

(ށ) މަސައްކަތުގެ ތަޖުރިބާ.

(ނ) މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

(ހ) މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަވިއުކުރުން އޮންނާނީ، ކ. ހިންމަފުށީ ކައުންސިލް އިދާރާގައެވެ.

(ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

ހުށަހަޅަންޖެހޭ  ލިއުންތައް  ފުރިހަމަކުރުމަށްފަހު  ހުށަހަޅާނީ،  2016  އެޕްރީލް  6  ވާ ބުދަދުވަހުގެ 13:30 ގެ ކުރިން ހިންމަފުށީ ކައުންސިލް އިދާރާއަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ސަރުކާރު މުވައްޒަފުންގެ ހެލްތު އިންސްއަރެންސް ސްކީމުގެ ދަށުން ބޭސްފަރުވާ ހަމަޖައްސަވައިދެވޭނެއެވެ. އަދި ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ ގަވާއިދުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ، ހިންމަފުށީ ކައުންސިލްގެ އިދާރާއިންނެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް ގުޅާނީ،  6642024  ނަންބަރު  ފޯނަށެވެ. ގުޅާނީ، ސަރުކާރުގެ ރަސްމީ ގަޑީގައެވެ. ފެކްސް ނަންބަރަކީ 6642024 އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

13 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016
ހޯދާ