ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ޕްލޭނިންގ އޮފިސަރުގެ މަޤާމަށް މުވައްޒަފަކު ހޯދުން:

މަޤާމް:

ޕްލޭނިންގ އޮފިސަރ   

މަޤާމުގެ ނަންބަރު:

278746

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޜަން:

އިކޮނޮމިކް ޑިވްލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

1- ފައިނޭންޝިއަލް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ފައިނޭންޝިއަލް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ފައިނޭންޝިއަލް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އޮފީހަށް ހޯދަންޖެހޭ ތަކެތީގެ އަގު، މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ބަލައި، ތަކެތި ގަނެ، ސްޓޮކާ ހަވާލުކޮށް، ކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން.
  • އޮފީހުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް، މާލިއްޔަތު ގަވައިދާ އެއްގޮތަށް ކުރުމާއި، ކަމާ  ގުޅޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން.
  • އޮފީހުގެ ވެހިކަލްތާކާއި މެޝިނަރީގެ މަރާމާތުގެ މަސައްކަތް، މާލިއްޔަތު ގަވައިދާ އެއްގޮތަށް ކުރުމާއި، ކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން.
  • ބިޑްކޮމެޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • އިދާރާއިން އަންގާ ރަސްމީ މަސައްކަތްތައް ކުރުން.
  • ދިމާވާ ކުއްލި ހާލައްތަކުގައްޔާއި އެންމެން ޝާމިލްވާންޖެހޭ ޚާއްޞަ ކަންތައްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލައި، ކުރިމަތިލީ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއައް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

1. ވަޒީފާގެ ޝަރުޠު

2.  ތަޢުލީމާއި ތަމްރީނު

3. މަސައްކަތުގެ ތަޖުރިބާ

4. އިންޓަވިއުއާއި ޕްރެޒެންޓޭޝަން

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:         

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 އެޕްރީލް 2016 އާއި 21 އޭޕްރީލް 2016 އާ ދެމެދު، ކުޅުދުއްފުށީ ކައުންސިލް އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް ހުށަހަޅާނީ، ހދ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އެޕްރީލް 3 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6521181 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6527552 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

12 ރަބީޢުލްއާޚިރާ 1437

21 މާރިޗު 2016
ހޯދާ