މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންޖިނިއަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އިންޖިނިއަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 3   

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/7,035 ރުފިޔާ

-/3,500 ރުފިޔާ

2,462/25 ރުފިޔާ

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ، ކޯސްޓަލް އިންޖިނިއަރިންގ، ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ ނުވަތަ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ، ކޯސްޓަލް އިންޖިނިއަރިންގ، ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ ނުވަތަ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ، ކޯސްޓަލް އިންޖިނިއަރިންގ، ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ ނުވަތަ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ، ކޯސްޓަލް އިންޖިނިއަރިންގ، ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ސްޓްރެޖިޓިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތަކާއި ޕްރޮގްރާމްތައް ރޭވުން
  2. ރަށް ގިރުމުގެ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކަށް ޖަވާބުދާރީވުން.
  3. ރަށް ގިރުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ކުޑަކުރުމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކަށް މަޝްރޫޢުތައް ރާވައި، ބޭރުގެ ފަރާތްތަކާ ގުޅިގެން އެކަމަށް ފައިސާ ހޯދުން.
  4. ކާރިސާތަކުގެ ސަބަބުން ކޯސްޓަލްޒޯނަށް ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު އެއްކުރުން.
  5. ދިވެހިރާއްޖޭގެ ރަށްތައް ގިރަމުންދާ މިންވަރުގެ މަޢުލޫމާތު އެއްކޮށް ޑޭޓާބޭސް ތައްޔާރުކުރުން.
  6. ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާގުޅޭ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް ބަލައި މޮނިޓަރކުރުން.
  7. ޤުދުރަތީ ގޮތުން އަދި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތަކާއި، ރަށް ގިރުމަށް ދިމާވާ ސަބަބުތައް ދިރާސާކޮށް، އެކަންކަމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން.
  8. ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށް އުފެދި އެތަންތަނަށް އަންނަމުންދާ ބަދަލުތަކުގެ މަޢުލޫމާތު ސެޓަލައިޓް އިމޭޖަރީއާއި އޭރިއަލް ފޮޓޯގްރަފީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހޯދައި، ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
  9. ދިވެހިރާއްޖޭގެ ރަށްތައް ގިރުމުން ހިމާޔަތްކުރުމާއި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، އިރުޝާދުނާމާތަކާއި ޕްލޭންތައް ހެދުމުގެ މަސައްކަތްތައް ކުރުން.
  10. ކޯސްޓަލްޒޯން ހިމާޔަތްކުރުމާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  11. ބިން ހިއްކުމާއި، ފަޅު ކޮނުމާއި، ބަނދަރު ހެދުމާއި، ނެރު ގޮއްވުން ފަދަ ކަންކަމުން ކުރާ އަސަރުތައް ދެނެގަނެ، މިކަންކަން ތިމާވެށްޓާ ރަޙުމަތްތެރި ގޮތަކަށް ކުރެވޭނެ ގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެއްކުރެވޭ މަޢުލޫމާތުތައް ބޭނުންކޮށްގެން ތިމާވެށްޓާއި ރަހުމަތްތެރި ގޮތްގޮތަށް މަޝްރޫޢު ރޭވުން.
  12. ރަށް ގިރާކަމަށް މިނިސްޓްރީއަށް އަންގާ ރަށްތަކަށް ދިރާސާ ދަތުރުކޮށް، ރަށް ގިރުމަށް މެދުވެރިވާ ސަބަބު ދެނެގަނެ، ރިޕޯޓު ހެދުން.
  13. ރަށް ގިރާކަމަށް މިނިސްޓްރީއަށް އަންގާ ރަށްތަކުގެ ރަށް ގިރުމުގެ މައްސަލައަށް އެންމެ އެކަށޭނެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޑިޒައިން ފަރުމާކޮށް ކުރަހައި، އެ މަޝްރޫޢަށް ދާނެ އަގު ޔަގީންކޮށް ރިޕޯޓު ހެދުން.
  14. ރަށް ގިރުމުގެ މަޝްރޫޢުތައް ހިނގަމުންދާ ރަށްތަކަށް ކަނޑައެޅޭ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިން މޮނިޓަރިންގ ދަތުރުކުރުމަށްފަހު، މޮނިޓަރިންގ ރިޕޯޓު ތައްޔާރުކުރުން.
  15. ރަށް ގިރުމުގެ މަޝްރޫޢުތައް ގެންދިޔުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ހޯދުމަށްޓަކައި ޕްރޮޕޯޒަލް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
  16. ރަށް ގިރުމުގެ މަޝްރޫޢުތަކުގެ ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  17. ރަށް ގިރުމުގެ މަޝްރޫޢުތަކަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ ހުށަހަޅާ ރިޕޯޓު ވަޒަންކުރުން.
  18. ރަށް ގިރުމުގެ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހުށަހަޅާ ބިޑް ޑޮކިޔުމަންޓްތަކުގެ ޓެކްނިކަލް އިވެލުއޭޝަން ހެދުން.
  19. މިނިސްޓްރީން ހިންގާ އަދި ބައިވެރިވާ ތަފާތު ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މަޝްރޫޢުތަކުގައި މަސައްކަތްކޮށްފައިވާ މިންވަރު.
  2. ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް ( އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް ) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  •  ސުންގަޑި: 2016 އެޕްރީލް 05 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  •  އިންޓަރވިއުއާއި އިމްތިޙާނު ކުރުން 06 އެޕްރީލް 2016 އާއި 28 އެޕްރީލް 2016 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
12 ޖުމާދަލްއާޚިރާ 1437
22 މާރިޗު 2016
ހޯދާ