މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ލީގަލް ޑްރާފްޓްސްމެން

އިޢުލާން

ލީގަލް ޑްރާފްޓްސްމަން

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް އިޞްލާޙުކޮށް، އައު ޤާނޫނަކާއި ގަވާއިދުތަކެއް ހެދުމަށްޓަކައި، މި އޮތޯރިޓީގެ ލޭންޑް ސެކްޝަނަށް ލީގަލް ޑްރާފްޓްސްމަންއެއް ހޯދަން ބޭނުންވެއެވެ.

މަޤާމުގެ ޝަރުޠު

  1. މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގައި ފުލްޓައިމްގައި މަސައްކަތް ކުރެވޭ ވަކި ފަރުދެއްކަމުގައިވުން.
  2. ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މި ދާއިރާއާ ގުޅޭ މަސައްކަތުގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1. ބިމާބެހޭ ޤާނޫނު އިޞްލާޙުކުރުމަށްޓަކައި، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ތައްޔާރުކޮށްފައިވާ ކަރުދާސް ދިރާސާކުރުން.

2. ބިމާބެހޭ ޤާނޫނު އިޞްލާޙުކޮށް، އައު ޤާނޫނެއް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން ޑްރާފްޓް ކުރުން.

3. ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް އިޞްލާޙުކޮށް، އައު ގަވާއިދުތައް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން ޑްރާފްޓް ކުރުން.

4. ބިމާބެހޭ ޤާނޫނާއި ގަވާއިދުތައް ހެދުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއި، މިކަމާ ގުޅޭ އިތުރު ފަރާތްތަކުގެ މަޝްވަރާ ހޯދުން.

5. ބިމާބެހޭ ޤާނޫނާއި ގަވާއިދުތައް ހެދުމުގައި ކުރަންޖެހޭ ދިރާސާތައްކުރުން.

6. ދިވެހިރާއްޖޭގެ ބިންތައް ތަރައްޤީކުރުމުގައި ދިމާވާ، އަދި މުސްތަޤްބަލުގައި ދިމާވެދާނެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ޙައްލުކުރާނެގޮތުގެ ރިޕޯޓެއް ތައްޔާރުކުރުން.

7. ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ފެތޭގޮތަށް، ދިވެހިރާއްޖޭގެ ބިމާބެހޭ އައު އޮނިގަނޑެއް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން ޑްރާފްޓް ކުރުން

މުސާރަ

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް މުސާރައިގެގޮތުގައި މަހަކު -/18,000 (އަށާރަހާސް) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަތީގައިވާ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، 01 އެޕްރީލް 2016 އިން ފެށިގެން 03 މަސްދުވަހުގެ މުއްދަތަށެވެ.  

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އަދި "ވާރކް ޕްލޭން ޝެޑިއުލް" އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. އަދި އެޕްލިކޭޝަނާއެކު ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމި ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާ ޤާބިލުކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާ ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ

ފޯން: 3004262

ފެކްސް: 3004254

އީމެއިލް: [email protected]

ވެބްސައިޓް: www.surveyofmaldives.gov.mv

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮތޯރިޓީގެ ނަންބަރު 3004262 ނުވަތަ 3004265 އަށް ގުޅުއްވުން އެދެމެވެ. އަދި [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

12 ޖުމާދަލްއާޚިރާ 1437

21 މާރިޗު 2016
ހޯދާ