ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުން:

އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 7 މާރިޗު 2016 ގައި މި ސްކޫލުން ކޮށްފައިވާ GS-190/2016/05 ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ޝަރުޠު ހަމަނުވާތީ، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2  

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ލ. ދަނބިދޫ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން، ލ. ދަނބިދޫ ސްކޫލް                    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހުރިހާ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ހެދުން.
  2. ވަޒިފާ ބަޔާން ތައްޔާރުކުރުން.
  3. ސީނިއަރ މެނޭޖްމަންޓުގެ އޯވަރޓައިމްގެ ކަންތައް ބެލެހެއްޓުން.
  4. ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ވަޒީފާތަކަށް މީހުން ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުވުން.
  5. ސެޕް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.

މަޤާމުގެ ޝަރުޠު:              

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.            

އިންޓަވިއު ކުރުން:

ހ. މި  މަޤާމަށް  މީހަކު  ހޮވުމަށް  އިންޓަވިއު  ބޭއްވުމަށް  ހަމަޖެހިފައިވަނީ،  2016  މާރިޗު  30  ވާ  ބުދަދުވަހުގެރޭ  20:30  ގައި  ލ.  ދަނބިދޫ  ސްކޫލުގެ  އޮފީހުގައެވެ.  މި  އިންޓަވިއުގައި،  މި  ދާއިރާއަށް  އަހުލުވެރިވެފައިވާ  މިންވަރު  ދެނެގަތުމުގެގޮތުން  އިމްތިޙާން  ކުރެވޭނެއެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ރަސްމީގަޑީގައި ލ. ދަނބިދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ގަޑީގައި ލ. ދަނބިދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 28 ވާ ހޯމަދުވަހުގެ 14:00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ލ. ދަނބިދޫ ސްކޫލުގެ 6800740 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

11 ޖުމާދަލްއާޚިރާ 1437

20 މާރިޗު 2016
ހޯދާ