އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
އަހަރީ ރިޕޯޓު ޗާޕުކުރަން ބޭނުންވެއްޖެ

އަހަރީ ރިޕޯޓު ޗާޕުކުރަން ބޭނުންވެއްޖެ

މި އޮފީހުގެ ނަންބަރު IUL)460/460/2016/4) (14 މާރިޗު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތަށް އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީ، މި އޮފީހުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުން:

2016 މާރިޗު 27 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ގ.ބިއްލޫރިޖެހިގެ
މަޖީދީމަގު
ފޯން:  3010990
ފެކްސް: 3010959

12  ޖުމާދަލްއާޚިރާ 1436

21 މާރިޗު 2016
ހޯދާ