ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މަސައްކަތުމީހެއްގެ މަޤާމަށް މުވައްޒަފަކު ހޯދުން:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު            

މަޤާމުގެ ނަންބަރު:

J-277935

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސަރވިސް

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ކޯޕަރޭޓިވް އެފެއާޒް

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ތަޢުލީމާއި، ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު، މަސައްކަތުގެ ހުނަރާއި، ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:

ވ އަތޮޅު. ކައުންސިލް އިދާރާ ކުނިކަހައި ފޮޅައި ސާފުކުރުމާއި، އޮފީހުގެ ބަގީޗާ ގަސްތަކަށް ފެންދިނުމާއި، އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުމާއި، ގެންދަންޖެހޭ ތަކެތި ގެންދިޔުމުގެ މަސައްކަތްކުރުން. 

 

ވަޒީފާއަށް އެންމެ ޤާބިލް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހަނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް.

އިންޓަވިޔުއާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔުއާއި، ޕްރެކްޓިކަލާއި، އިމްތިޙާންކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  ވަޒީފާއަށް  ކުރިމަތިލުމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  2016  މާރިޗު  31  ވާ  ބުރާސްފަތި  ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން،  ހަށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ވަޒީފާއަށް އެދޭ ފޯމާއެކު، ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ހަށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ފެލިދެއަތޮޅޫ އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)  

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6700502  ނަންބަރު   ފޯނާއެވެ. ފެކްސް ނަންބަރަކީ، 6700715 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

6 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ