ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
އަލަށް އިތުރުކޮށްފައިވާ ބިން ސާފުކުރުމަށް ކަނޑާފައިވާ ރުއްގަސް ނީލަން ކިޔުން

އިޢުލާން

ނީލަން ކިޔުން

މި ސްކޫލުގެ ގޯއްޗަށް އަލަށް އިތުރުކޮށްފައިވާ ބިން ސާފުކުރުމަށް ކަނޑާފައިވާ ރުއްގަސް ނީލަން ކިޔުން 25 މާރިޗު 2016 ވާ ހުކުރު ދުވަހުގެ 08:00 ގައި މި ސްކޫލުގައި އޮންނާނެއެވެ. 

ވީމާ، މި ނީލަމުގައި ބައިވެރިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން މި ސްކޫލުން އަންގާ ތާރީޚެއްގައި ފައިސާ ދެއްކުމަށްފަހު ލަސްވެގެން 4 ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

ނީލަމުގައި ނަންގަވާ ތަކެތި މި މުއްދަތުގައި ނުގެންގޮސް ހުރިނަމަ އެތަކެއްޗާމެދު މި ސްކޫލަށް ފެންނަ ގޮތަކަށް ޢަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރު 6520555 އާ ގުޅުއްވުން އެދެމެވެ.

14 މާރިޗު 2016
ހޯދާ