ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ހިޔާ ކުއްޔަށް ދިނުމާބެހޭ

އިޢުލާން

ރައްޔިތުންގެ ހިޔާ ކުއްޔަށް ދިނުމާބެހޭ

ފަރެސްމާތޮޑާގެ ބަނދަރުމަތީގައި ޢިމާރާތް ކުރެވިފައިވާ "ރައްޔިތުންގެ ހިޔާ" (80 ފޫޓު xފ30 ފޫޓު) ޢިމާރާތާއި، ގޯތި (100 ފޫޓު xފ40 ފޫޓު) ވިޔަފާރީގެ ބޭނުންތަކަށް (ގަރާޖު، ގުދަން، ވާރކްޝޮޕް ހެދުން ނޫން ބޭނުންތަކަށް) 9 އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ކުއްޔަށް ދޫކުރަން ގަސްތުކުރަމެވެ.

ވީމާ، މިތަން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 21 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 27 ވަނަ ދުވަހުގެ 13:00 އަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ފޯމާ ޚިލާފަށް ހުށަހެޅޭ ޕްރޮޕޯޒަލްތަކާއި ގަޑިޖެހުމަށްފަހު ހުށަހެޅޭ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ