ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ލޯތްބަކީ..؟ ކެމްޕެއިނުގެ ޙަރަކާތެއްގެ ގޮތުގައި ބާއްވާ ކުރެހުމުގެ މުބާރާތް

އިޢުލާން

"ލޯތްބަކީ..؟" ކެމްޕެއިނުގެ ޙަރަކާތެއްގެ ގޮތުގައި ބާއްވާ ކުރެހުމުގެ މުބާރާތް

މަޤުޞަދު: ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށާއި، ގެވެށި އަނިޔާ ހުއްޓުވުމާގުޅޭ ގޮތުންނާއި، "ޢާއިލީ ލޯބި" އަދި "ޢާއިލީ ގުޅުމުގެ" މުހިންމުކަމާގުޅޭ ގޮތުން ފުރާވަރުގެ ކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވުން.

ތީމު:    "ޢާއިލާ ލޯބި" އަދި "ޢާއިލީ ގުޅުން"

ބައިވެރިން: ކުރެހުންތައް ހުށަހެޅޭނީ ސްކޫލްތަކުގެ ގްރޭޑް 8، 9، 10 ގައި އުޅޭ ދަރިވަރުންނަށާއި 18 އަހަރާއި 25 އަހަރުގެ ދެމެދުގެ ޒުވާނުންނަށެވެ.  

ކުރެހުން ހުށަހެޅުން: މުބާރާތަށް ހުށަހަޅާ ކުރެހުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޭޕްރިލް 10 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ކުރެހުންތައް ހުށަހަޅާނީ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ.ފުލިދޫގެ، 2 ވަނަ ފަންގިފިލާ) އަށެވެ. ކުރެހުންތަކާއެކު، ކުރެހުން ފޮނުވި ފަރާތުގެ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރެއް ފޮނުވަންވާނެއެވެ. ކުރެހުން ހުށަހަޅަންވާނީ އޭ 3 ސައިޒުގެ ކަރުދާހުގައެވެ.

ހުށަހަޅާ ކޮންމެ ކުރެހުމަކާއެކު ކުރެހުމުން ދައްކުވައިދޭ މެސެޖް ނުވަތަ ކުރެހުމުގެ ކުރު ތަޢާރުފެއް (ކެޕްޝަނެއް) ހުށަހަޅަންވާނެއެވެ. ހުށަހަޅާ ތަޢާރުފު ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ހުށަހެޅިދާނެއެވެ.

މުބާރާތުގެ ފަނޑިޔާރުން: މި މުބާރާތަށް ފަނޑިޔާރުން ހަމަޖައްސާނީ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީންނެވެ. ފަނޑިޔާރުންގެ އަދަދަކީ 5 އެވެ. 

އިންސާފުކުރުން: ކުރެހުންތަކަށް އިންސާފުކުރުމާއި ވަނަ ހޮވުމުގައި ބެލޭނީ ތިރީގައިވާ ކްރައިޓީރިއާއަށެވެ.

- ކުރެހުމުން ދައްކުވައިދޭ މާނައާއި، މެސެޖް - %20

- މަޤުޞަދު ހާސިލުވެފައިވާ މިންވަރު - %20

- އާ ޚިޔާލާއި އުފެއްދުން - %20

- އުފެއްދުންތެރިކަން - %20

- ބޭނުންކޮށްފައިވާ ހުނަރު - %20

މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކާއި ދެވޭ އިނާމުތައް:

1- 1 ވަނަ އިނާމު:  -/3,500 ރުފިޔާ

2- 2 ވަނަ އިނާމު:  -/3,000 ރުފިޔާ

3- 3 ވަނަ އިނާމު:  -/2,500 ރުފިޔާ

4- އާރޓް އެގްޒިބިޝަނަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކުރެހުމަށް: -/2,000 ރުފިޔާ

އެހެނިހެން ކަންތައްތައް:

  • ހުށަހެޅޭ ކުރެހުންތަކުގެ ތެރެއިން، މުޖުތަމަޢު ބަލައިގަންނަ ސުލޫކީ މިންގަނޑުތަކަށް ފެތޭ ކުރެހުންތައް، 2016 އޭޕްރިލް 23 ވާ ހޮނިހިރުދުވަހު ސަލްޓަން ޕާކުގައި ބާއްވާ ޙަފުލާގައި އާންމުކޮށް ހުޅުވާލައިގެން ދައްކައިލެވޭނެއެވެ. އަދި އެއްވަނަައަށާއި ދެވަނައަށާއި ތިންވަނައަށް ހޮވޭ ކުރެހުންތައް ކުރެހި ފަރާތްތަކަށް މިޙަފްލާގައި އިނާމު ޙަވާލުކުރެވޭނެއެވެ. ނަމަވެސް، އާންމުންގެ އެންމެ ގިނަ ވޯޓް ލިބުނު ކުރެހުމަށް އެވޯޑް ދެވޭނީ ފަހުން ބާއްވާ ރަސްމިއްޔާތެއްގައެވެ.
  • މުބާރާތަށް ފޮނުވާ ކުރެހުމަކީ، އެ ކުރެހުން ކުރެހި ފަރާތެއްގެ އަމިއްލަ އުފެއްދުމަކަށް ވާންވާނެއެވެ. ހުށަހެޅިފައިވާ ކުރެހުމަކީ، އެހެން ފަރާތެއްގެ އުފެއްދުމެއް، މިލްކެއްކަމަށް މި އޮތޯރިޓީއަށް ފާހަގަ ކުރެވިއްޖެ ހާލަތެއްގައި އިތުރު އެންގުމަކާ ނުލައި އެ ކުރެހުމެއް މުބާރާތުން ވަކިކުރެވޭނެއެވެ.
  • އެހެން ފަރާތެއްގެ ކުރެހުމެއް މުބާރާތުގައި ބައިވެރިކޮށްގެން އެއްވެސް ޒިންމާއެއް އުފުލަން ޖެހިއްޖެނަމަ، އެ ޒިންމާއެއް އުފުލަންޖެހޭނީ ކުރެހުން ހުށަހެޅި ފަރާތަކުންނެވެ.
  • މުބާރާތަށް ހުށަހެޅޭ ކުރެހުންތައް މި އޮތޯރިޓީގެ އެކިއެކި ކަންކަމުގައި ބޭނުންކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: ފޯނު: 3010551

04 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ