ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް

ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތް މި އަހަރު ފެށުމަށް ހަމަޖެހިފައި ވަނީ 1437 ޝަޢުބާން 20 (2016 މޭ 27) ވަނަ ދުވަހު މާލޭގައެވެ. މި އަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިދަންނަވާ ގޮތަށެވެ.

1. މުބާރާތް ހުޅުވާލާފައިވާ ފަރާތްތައް:

މި މުބާރާތް ހުޅުވާލައިފައި ވަނީ އަތޮޅުތަކަށާއި ސިޓީތަކަށެވެ.

2. މުބާރާތުގެ ގޮފިތައް:

1. ފޮތުން ކިޔެވުމުގެ ގޮފި

2. ހިތުން ކިޔެވުމުގެ ގޮފި

3. މުބާރާތުގެ ބައިތައް:

މި މުބާރާތުގައި ހިމެނެނީ ދެ ބަޔެކެވެ. އެއީ ފޮތުން ކިޔެވުމުގެ ބަޔާއި ހިތުން ކިޔެވުމުގެ ބަޔެވެ. މިއިން ކޮންމެ ބަޔެއް  ބެހިފައިވަނީ ތިން ގޮތްޕަށެވެ. މި ގޮފިތަކަކީ،

ފޮތުން ކިޔެވުން

ހިތުން ކިޔެވުން

ވިދިވިދިގެން 10 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން 5 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން 20 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން  10 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

މުޅި ޤުރްއާން

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން  20 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

4. މުބާރާތުގައި ބައިވެރިވުން:

- މި މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ތަމްސީލު ކުރުމަށް އެ ކައުންސިލްތަކުން ހުށަހަޅައި ކެންޑިޑޭޓުންނަށެވެ.

- މުބާރާތުގައި ބައިވެރިވެވޭނީ މިކަމަށްޓަކައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމު ފުރައި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅައި މަރުކަޒުން ގަބޫލު ކުރިކަން އެންގުމުންނެވެ.

- މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 2016 އޭޕްރިލް 30 ވަނަ ދުވަހުގެ ކުރިން، ކައުންސިލްތަކުން މަރުކަޒަށް ހުށަހަޅަން ވާނެއެވެ.

- 2016 އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން މި ފޯމު މަރުކަޒުން ލިބެން ހުންނާނެއެވެ.

5. މުބާރާތުގައި ބައިވެރިކުރެވޭނެ އަދަދު:

- މި މުބާރާތުގެ ދެ ބައިގެ ތެރެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރި ކުރެވޭނީ އަންހެން  ކެންޑިޑޭޓަކާއި ފިރިހެން ކެންޑިޑޭޓެކެވެ.

- ކޮންމެ ކެންޑިޑޭޓަކަށް ބައިވެރިވެވޭނީ މުބާރާތުގައި ހިމެނޭ ދެ ބައިގެ ތިން ގޮފީގެ ތެރެއިން ކޮންމެވެސް އެއް ގޮތްޕެއްގައެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް މުބާރާތުގެ ދެ ބައިގައި ބައިވެރިއެއް ނުވެވޭނެއެވެ.

ނޯޓް: މި އަދަދަށްވުރެ މަދުން މުބާރާތުގައި ބައިވެރިކުރެވިދާނެއެވެ.

6. މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތައް:

(ހ) ދިވެހި ރައްޔިތެއްކަމުގައިވުން.

(ށ) އަލިގަދަ ތަރީގެ މުބާރާތުގައި ބައިވެރިވެ ވޭތުވެދިޔަ އެއްވެސް އަހަރެއްގައި، އެ މުބާރާތުން އެއްވަނަ ދެވަނަ ތިންވަނަ ލިބިފައިވާ މީހެއްކަމުގައި ނުވުން

(ނ) ޤުރްއާން ނުވަތަ އިސްލާމު ކިޔަވައިދޭ މުދައްރިސެއް ކަމުގައި ނުވުން.

(ރ) ރާއްޖޭގެ މަޝްހޫރު ޤާރީއެއް ކަމުގައި ނުވުން. މި ކަން ކަނޑައަޅާނީ މަރުކަޒުންނެވެ.

ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު 2016 އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ