މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
ފޯރމަން

އިޢުލާން

ފޯރމަންގެ ވަޒީފާއަށް މީހަކު ހޯދުން:

މި ސްކޫލުގެ ފޯރމަންގެ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމް:

ފޯރމަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ:

-/3470 ރުފިޔާ

ސަރވިސް އެލަވަންސް: 

-/1000 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމް އޮތް އޮފީސް:

ރ. މަޑުއްވަރީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޑުއްވަރީ ސްކޫލް / ރ. މަޑުއްވަރި

މައިގަނޑު މަސްއޫލިއްޔަތު:

ހ. މަސައްކަތުމީހުންގެ ޑިއުޓީތަކާ އެއްގޮތްވާގޮތުގެމަތިން އެމީހުންލައްވާ މަސައްކަތްކުރުވުމާއި، ކުރާ މަސައްކަތުގެ ފެންވަރުބަލައި، ޗެކްކޮށް، ކުރަންޖެހޭ މަސައްކަތްތައް ދެއްކުން.

ށ. ސްކޫލުގެ އާންމު ސާފުތާހިރުކަން ބަލައި، ދުވަހުން ދުވަހަށް ޗެކްކުރުމާއި، ސްކޫލުގެ އާންމު ސާފުތާހިރުކަމާއި ބޯފެނާއި ފާޚަނާގެ ކަންތައްތަކާ ގުޅޭގޮތުން ސްކޫލް ހެލްތު އެސިސްޓެންޓް ދެއްވާ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރުން.

ނ. ސްކޫލުގެ މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާއި، ތަކެތި ހުރީ ހުންނަންޖެހޭ ތަންތަނުގައިތޯ ބަލައި ޗެކްކުރުން.

ރ. ކޮންމެ ދުވަހަކު ސްކޫލުގެ ކިޔެވުން ފެށުމުގެ ކުރިން ފާޚާނާތައް ހުރީ ރަނގަޅަށްތޯ ބަލައި ޗެކްކޮށް، އެއްވެސް މަރާމާތެއްވާނަމަ މެއިންޓަނަންސް އޮފިސަރަށް ހުށަހަޅައިގެން މަރާމާތުކުރުވުމާއި، ސާފުކުރަންޖެހޭނަމަ އެފަދަ ތަންތަން ފާހަގަކޮށް، މަސައްކަތު މީހުން ލައްވައި ސާފުކުރުވުން.

ބ. ގަސްއިންދުމާއި، ގަސްކޮށުމާއި، ބަގީޗާ ހެއްދުމުގެ މަސައްކަތްތައް ކުރުވައި ބެލެހެއްޓުން.

ޅ. ސްކޫލުގައި ބޭއްވޭ އެކިއެކި ޖަލްސާތަކާއި، ޙަފްލާތައް އިންތިޒާމްކުރުމާއި، ޙަފްލާ ނިމުމުން ނުވަތަ ކިޔެވުން ފެށުމުގެ ކުރިން،  މަސައްކަތު މީހުންގެ އެހީތެރިމަކާއެކު ކްލާސްތަކުގައި ތަކެތި އެތުރުވުން.

ކ. އެއްވެސް އެއްޗެއް ހަލާކުވެއްޖެނަމަ، އެ އެއްޗަކާބެހޭ މަޢުލޫމާތު، މެއިންޓަނަންސް އޮފިސަރަށާއި އެކަމާ ގުޅޭ އިސްފަރާތަށް އަވަހަށް އެންގުން.

އ. ސްޓާފް ރޫމާއި، ސުޕަވައިޒަރސް ރޫމާއި، އޮފީހުގައި ބޯފެން އަބަދުވެސް ލިބޭނެ ގޮތެއް އިންތިޒާމްކޮށް މަސައްކަތު މީހުންލައްވައި އެ މަސައްކަތް ކުރުވުން.

ވ. ތިރީގައިމިވާ ކަންތައްތައް  ދުވާލަކު އެއް ފަހަރު ބަލައި ޗެކްކޮށް، ކަންތައްތަކާ ހަވާލުވެފައިވާ މީހުން މަސައްކަތްކުރާގޮތުގެ ރިޕޯޓް ލިޔެ ހަފްތާއަކު އެއްފަހަރު މިކަންކަން ބަލަހައްޓައި އިސްވެރިޔާއަށް ހުށަހެޅުން.

  1. ސްކޫލުގެ ވަށާފާރާއި، ފާޚާނާއާއި، ކްލާސްރޫމްތައް ހިމެނޭ އިމާރާތްތަކާއި އެހެނިހެން ތަކެތީގައި، އެކަށީގެންނުވާ ލިޔުންތައްލިޔެ، ކުރަހާފައި ހުރިތޯ ބަލައި ޗެކްކޮށް، ރަނގަޅުކުރުވުން.

  2. ދަރިވަރުންގެ ފާޚާނާތަކުގެ ސާފުތާހިރުކަން ބަލައި ޗެކްކުރުން.

  3. ކްލާސްރޫމުގެ އެރޭންޖްމެންޓާއި،  ކްލާސްރޫމުގެ ސާފުތާހިރުކަން ބަލައި ޗެކްކޮށް،  ގޮނޑިއާއި ޑެސްކު ފަދަ ތަކެތި ހަމައަށް ހުރިތޯ ބެލުން.

  4. އޮފީސް، ކެމިކަލް ސްޓޯރ ރޫމް، ސްޓާފްރޫމް، ކޮންޕިއުޓަރލެބް، ލައިބްރަރީ، ސުޕަވައިޒަރސް ރޫމް ބަލައި ޗެކްކޮށް، ސާފުކުރަން ޖެހޭނަމަ، އެ މަސައްކަތާ ހަވާލުވެހުރި މީހަކު ލައްވައި އެ މަސައްކަތްކުރުވުމާއި، އެތަންތަނުގައި ހުންނަންޖެހޭ ފަރުނީޗަރު ފަދަ ތަކެތި ހަމައަށް ނެތްނަމަ، އެ މަސައްކަތާ ހަވާލުވެހުރި މީހަކު ލައްވައި އެ މަސައްކަތްކުރުވުން.

މ. މަތީގައިވާ ކަންކަމުގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ސާފު ފޮޓޯކޮޕީ.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓުކޮށްފައިވާ ފޮޓޯކޮޕީގެ އެޓެސްޓު ކުރެވިފައިވާ އަސްލު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި:

- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، 2016 މާރިޗު 21 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ދުވަސްތަކުގެ ހެނދުނު 8.00 އާއި 14.00 އާ ދެމެދުއެވެ. 

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2016 މާރިޗު 22 ވާ އަންގާރަދުވަހު ރ. މަޑުއްވަރީ ސްކޫލުގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6580146 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

4 ޖުމާދަލްއާޚިރާ 1437

13 މާރިޗު 2016
ހޯދާ