ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބާވެ ހަލާކުވެފައިވާ އެއަރކޯންތަކާއި އެއާގުޅޭ ބައެއް ސާމާނު ނީލަންކިއުން

މިކުންފުނީގައި ހުރި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

-  ބައުވެ ހަލާކުވެފައިވާ އެއަރކޯންތަކަކާއި އެއާގުޅޭ ބައެއް ސާމާނު.

މިތަކެތީގެ ނީލަން ފެށޭ އަގަކީ -/2,500 ރުފިޔާ (ދެހާސް ފަސްސަތޭކަ) އެވެ. މިތަކެތީގެ ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން -/500 ރުފިޔާ (ފަސްސަތޭކަ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ހުށަހަޅުއްވާ އެންމެ މަތީ އަގު ބަންދުކޮށް 2016 މާރިޗު 21 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ހާޒިރުވެދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް، އަލުން އެތަކެތި ނީލަމަށްލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެއެވެ.

މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާ ގުޅުއްވުން އެދެމެވެ.

05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ