ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
4 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ "މައިދޫ" ލޯންޗާއި އެލޯންޗުގައި އަޅާފައިވާ 2 އިންޖީނު އަދި "ސަލާމް" ލޯންޗުން ނަގާފައިވާ 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން

މިއިދާރާގެ ނަންބަރު: (IUL)231-AH/231/2016/12 (16-02-2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް އެދި ހުށަހަޅާފައިނުވާތީ، "މައިދޫ" ލޯންޗާއި، ލޯންޗުގައި އަޅާފައިވާ 2 އިންޖީނު އަދި "ސަލާމް" ލޯންޗުން ނަގާފައިވާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް 3 ވަނަފަހަރަށް އިޢުލާނު ކުރީމެވެ. 

ލޯންޗާއި އިންޖީނާބެހޭ މަޢުލޫމާތު

ނީލަން ނަންބަރު

ބާވަތް  (އިތުރު ތަފުސީލާއެކު)

01

01 ލޯންޗް  ގަލްފް ކްރާފްޓް

ދިގުމިން: 10.970 މީޓަރ

ފުޅާމިން: 2.990 މީޓަރ

ފުންމިން: 1.350 މީޓަރ

ގްރޮސްޓަނޭޖް: 4.950 މީޓަރ

ލޯންޗުގެ ބާވަތް: ފައިބަރ

އިންޖީނުގެ ހަކަތައިގެ ބާވަތް: ޕެޓްރޯލް

އޮޑީ ނަންބަރު: 0110T39

ދުއްވަންފެށި ތާރީޚު: 24 ޑިސެންބަރު 2002

މީހުން އުފުލޭ އަދަދު: 22

ރަޖިސްޓަރީ ނަންބަރު: G3341A-02 02-G

މި ލޯންޗު މަރާމާތުކޮށް ނިމިގެން ބައިލާން ތައްޔާރުވެފައި

އިންޖީނުގެ މަޢުލޫމާތު

2 އިންޖީނު ޔަމަހާ ޓޫސްޓްރޯކް 200 ހޯސްޕަވަރގެ

1 އިންޖީނުގެ ގިއަރ މައްސަލަ ޖެހިފައި

1 އިންޖީނު ރަނިން ކޮންޑިޝަންގައި

ލޯންޗާއި 2 އިންޖީނު ހުރިތަން

ތިލަފުށީ ގަލްފް ކްރާފްޓް ސަރވީސް ސެންޓަރގެ ސައިޓްގައި 

02

02 އިންޖީނު ޔަމަހާ ޓޫސްޓްރޯކް 200 ހޯސްޕަވަރގެ (ސަލާމް ލޯންޗުން ނަގާފައި)

01 އިންޖީނު ޕިސްޓަން ހަލާކުވެފައި، އަނެއް އިންޖީނު ރަނިންގ ކޮންޑިޝަންގައި

މައިދޫ ލޯންޗާއި ލޯންޗުގެ 2 އިންޖނުގެ ނީލަންފެށޭ އަގަކީ -/500000 (ފަސްލައްކަ) ރުފިޔާއެވެ. ނީލަމަށް މަދުވެގެން އިތުރުކުރެވޭނީ، ފަހަރަކު -/1000 (އެއްހާސް) ރުފިޔާއެވެ.

ސަލާމް ލޯންޗުން ނަގާފައިވާ 2 އިންޖީނުގެ ނީލަން ފެށޭ އަގަކީ -/100000 (އެއްލައްކަ) ރުފިޔާއެވެ. ނީލަމަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ، ފަހަރަކު -/1000 (އެއްހާސް) ރުފިޔާއެވެ.   

ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 13:00 ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.  

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން 17 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން އަގު ހުށަހެޅުއްވުން އެދެމެވެ. މިއިދާރާގެ ފެކްސް ނަންބަރަކީ 6620043 އެވެ. އީމެއިލް [email protected] އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6620261 ފޯނަށް ގުޅުއްވުން އެދެމެވެ.

28 ޖުމާދަލްއޫލާ 1437

08 މާރިޗު 2016
ހޯދާ