އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސެކްރެޓަރީ ޖެނެރަލް

ބޭނުންވާ އަދަދު:

1  (އެކެއް)

މުސާރަ:

މަހަކު -/20،500 (ވިހި ހާސް ފަސް ސަތޭކަ) ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/15،000 (ފަނަރަ ހާސް) ރުފިޔާ

ދައުރުގެ މުއްދަތު:

5 (ފަސް) އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

މަޤާމުގެ ރޭންކް:

ސެކްރެޓަރީ ޖެނެރަލް

ފެންވަރު ނުވަތަ ޝަރުޠު:

1- މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ސައިންސްގެ ދާއިރާއިން ނުވަތަ ޝަރިޢަތާއި ޤާނޫނުގެ ދާއިރާއިން ނުވަތަ ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން،

2- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު ވާހަކަދައްކަން ދަންނަ މީހެއް ކަމުގައިވުން.

3- ގިނަވަގުތު މަސައްކަތުގައި އުޅޭވޭނެ މީހެއް ކަމުގައިވުން.

4- އިންފޮމޭޝަން ޓެކްނޮލޮޖީއަށް ލޯހުޅުވިފައިވާ އެ ދާއިރާއާ ރައްޓެހި މީހެއްކަމުގައިވުން.

5- އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ މަކަރާއި ޙީލަތުގެ ކުށެއް ނުވަތަ ބަދުއަޚުލާޤީ ކުށެއް ނުވަތަ ޓެރަރިޒަމްގެ ކުށެއްގައި ބެދި ޝަރީޢަތުން ޢުޤޫބާތެއް ލިބިފައިވާ މިހެއް ކަމުގައިނުވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތަކާ އެއްގޮތަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގައި ބެލެހެއްޓުން.
  2. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސެކްޝަންތަކަށް ބޭނުންވާ ލަފައާއި އިރުޝާދުދީ ސެކްޝަންތައް ހިނގަމުންދާގޮތް ބަލަހައްޓައި މަސައްކަތްތައް ތަރައްޤީ ކުރުމަށް އަޅަންޖެހޭ ފިޔަވަލުތައް އެޅުން.
  3. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ބޭރުގެ އެހީދޭ ޖަމާޢަތްތަކާއި އެކުވެރި ދައުލަތްތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް ކޮމިޝަނަރުގެ ލަފާގެ މަތިން ޕްރޮޖެކްޓްތައް ރާވައި ފަންނީ އަދި މާލީ އެހީތެރިކަން ހޯދުން.
  4. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަހަރީ ބަޖެޓް އެކުލަވާލައި، ބަޖެޓުން ކުރަންޖެހޭ ކަންކަން މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރުން.
  5. އޮފީހުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ލަފާ ކޮމިޝަނަރަށް ދިނުމަށްޓަކައި އެކި ދިރާސާކޮށް މަސައްކަތްތައް ތަރައްޤީކުރުމުގެ ލަފާ ކޮމިޝަނަރަށް ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)

   - ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

   - ހާސިލުކޮށްފައިވާ ސަނަދުތަކުގެ ތެރެއިން މި މަޤާމަށް ބޭނުންވާ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހައިފައި)

   - މަސައްކަތުގެ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

   - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު ބަޔާން:

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާން ކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީނަމަވެސް ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާކަމަކަށް ނުބެލެވޭނެއެވެ.

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުން އެމީހެއްގެ ޤާބިލުކަމާއި ހުނަރު ސާބިތުކޮށްދިނުމަށްޓަކައި އަންނަނިވި ގޮތުގެ މަތީން ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނެއެވެ.

  • އެމީހެއްގެ ޤާބިލިއްޔަތު
  • ތަޖުރިބާ
  • މަސައްކަތުގެ ދާއިރާގައި ހާސިލުކޮށްފައިވާ ކާމިޔާބީތައް
  • ސެކްރެޓަރީ ޖެނެރަލެއްގެ ގޮތުން އޭނާގެ ތަޞައްވަރު
  • ދިމާވެދާނެ ކަމަށް ފެންނަ ދަތިތައް
  • ކުރިމަތިވާ އުނދަގޫތައް ޙައްލުކުރާނެ ގޮތްތައް

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މަޖީދީ މަގު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދަވާން ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

01 ޖުމާދަލްއާޚިރާ 1437

10 މާރިޗު 2016
ހޯދާ