މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބ. އަތޮޅުގެ ފަޅުރަށްތައް ވަރުވާއަށް ދޫކުރުން

މި އިޢުލާނުގައި ހިމެނޭ ބ. އަތޮޅުގެ ފަޅުރަށްތައް ވަރުވާއަށް ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ.

1. ބ. ނެލިވަރުފިނޮޅު         11. ބ. ފިނޮޅުފަރު

2. ބ. ބަތަލާހުރާ           12. ބ. ދޮރުކަނޑު އުތުރުހުރާ

3. ބ. ބޯދާފުށީފިނޮޅު         13. ބ. ދޮރުކަނޑު ދެކުނުހުރާ

4. ބ. ކަށިދުއްފަރުފިނޮޅު       14. ބ. ގާވިލިނގިލި

5. ބ. އަހިވައްފުށި          15. ބ. ގާގަނޑުފަރުހުރާ

6. ބ. އައިދޫ             16. ބ. ބޮއިފުށި 

7. ބ. ވަންދުއްމާފަރުފިނޮޅު      17. ބ. މާއްޑޫހުޅުދޫ

8. ބ. ވިނަނެތްފަރުހުރާ        18. ބ. ދަންދޫ

9. ބ. މާފުށީފިނޮޅު          19. ބ. އުނޑޫދޫ

10. ބ. މެދުފިނޮޅުގާތުފިނޮޅު     20. ބ. ވެޔޮފުށި

ބިޑް ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 13 މާރިޗު 2016 (އާދީއްތަ) ދުވަހުން ފެށިގެން 24 މާރިޗު 2016 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް މި މިނިސްޓްރީންނެވެ.

ފޯމު ގަންނަން އެދޭ ފަރާތްތަކުން، ފޯމު ގަތުމަށް އެދި ހުށަހަޅާ ސްލިޕް "ވަރުވާއަށް ފަޅުރަށް ހޯދުމަށް އެދޭ ފޯމު ގަތުމަށް އެދި ހުށަހަޅާ ސްލިޕް" ފުރިހަމަ ކުރައްވާ މިނިސްޓްރީއަށް ހުށަހަޅުއްވަންވާނެއެވެ. މި ސްލިޕް މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި www.fishagri.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ބިޑް ފޯމެއްގެ އަގަކީ -/20 (ވިހި) ރުފިޔާއެވެ.

ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، ފޯމު ހުށަހެޅުން އޮންނާނޭ ތަނާއި ގަޑި މި މިނިސްޓްރީން ފަހުން އިޢުލާނު ކުރާނެ ވާހަކަ ދަންނަވަމެވެ.

10 މާރިޗު 2016
ހޯދާ