އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްތައް ކުއްޔަށް ދިނުން

އިޢުލާން

ރައްޔިތުންގެ ރުއްތައް ކުއްޔަށް ދިނުން

މިރަށުގެ އެކިއެކި ސަރަޙައްދުގައި ހުރި ރައްޔިތުންގެ ރުއްތައް 2 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވާތީ، މިރުއްތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 14 މާރިޗު 2016 ވަނަ ދުވަހުން ފެށިގެން 17 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މާރިޗު 2016 ވަނަ ދުވަހު 13:00 މިއިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ އަގުތައް ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

އަގު ހުށަހެޅުއްވުމުގެ ފުރުޞަޠު ދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އަގު ހުށަހަޅުއްވަން ވަޑައިނުގަނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ. މި އިޢުލާނާ ގުޅިގެން ރުއްތައް ކުއްޔަށް ދިނުމަށް ކޮށްފައިވާ ނަންބަރު: IUL)342-CAF/PRIV/2016/5)ފ(02 ފެބުރުވަރީ 2016) އިޢުލާން ބާޠިލުކޮށްފީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ