މިލަދުންމަޑުލު އުތުރުބުރީ ފީވަކު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ވޮޗަރ (ދާއިމީ)

ރޭންކް:

SS1

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް:

- ސަރވިސް އެލަވަންސް: -/1،000 ރުފިޔާ (އެއްހާސް ރުފިޔާ)،

- ލިވިންގ އެލަވަންސް: -/2550 ރުފިޔާ (ދެހާސް ފަސް ސަތޭކަ ފަންސާސް ރުފިޔާ) 

- ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20 ލިބޭނެ.

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސާއި،  ލިވިންގ އެލަވަންސާއި، ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

އަސާސީ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިޔުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޑިއުޓީކުރަން ފެށުމުގެ ކުރީގައި ކޯޓުގެ ސަލާމަތާގުޅޭ ކަންކަން ހުރިނެތްގޮތް ބަލައި ފާސްކުރުން.
  2. ކޯޓުގެ އިމާރާތާއި، ވަށައިގެންވާ ސަރަހައްދު ބެލެހެއްޓުން.
  3. ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް ކޯޓުގެ ގޯތިތެރެއަށް ތަކެތި ވައްދައި ނެރުނަ ނުދިނުން.
  4. ކޯޓުގެ އިމާރާތާއި ގޯތީގައިހުރި އެއްވެސް އެއްޗަކަށް އެއްވެސް ފަރާތަކުން ގެއްލުމެއްދިނަ ނުދިނުން.
  5. ހަވީރު 6:00 އިން ހެނދުނު 6:00 އަށް ކޯޓުގެ ގޯތިތެރޭގެ ލައިޓްތައް ދިއްލާފައި ހުރިތޯ ބަލައި، ލައިޓެއް އަނދައިފިނަމަ، އެ މަޢުލޫމާތު ކަމާގުޅޭ މުވައްޒަފުންނަށް ދިނުން.
  6. މީގެ އިތުރުންވެސް، ކޯޓުގެ ވެރިން ހަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މެޖިސްޓްރޭޓް ކޯޓްތަކުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތައް.

5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

6. އެކަޑަމިކް ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. 

ސުންގަޑި:

2016 މާރިޗު 17 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ފީވަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ