މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

މަޤާމް :ކޮންސަލްޓެންޓް
ބޭނުންވާ އަދަދު :1

މުސާރަ

މަހަކު -/17000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ  / ޑިސެބިލިޓީ ޑިވިޜަން

މަސައްކަތުގެ މުއްދަތު

މާރިޗު 2016 އިން ޑިސެމްބަރ 2016 ގެ ނިޔަލަށް ( 10 މަސް ދުވަހަށް)

ފެންވަރު ނުވަތަ ޝަރުތު

  • ސޯޝަލް ސައެންސްގެ ދާއިރާއަކުން އެމް.ކިޔު.އޭއިން ގަބޫލުކުރާ ފެންވަރުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީގެ ފާހެއް އޮތުން ނުވަތަ ނުކުޅެދުންތެރިކަމާ ގުޅުން ހުރި ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކޮށްފައިވުން.
  • ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއެކު މަދުވެގެން 2 އަހަރުދުވަހު މަސައްކަތް ކޮށްފައިވުން.
  • ވަޒީފާގެ ބާޒާރު ނުވަތަ ކެރިއަރ ގައިޑެންސްގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތް ކޮށްފައިވުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަމްރީން ދިނުމާއި ވަޒީފާދޭ ފަރާތްތަކަށް ތަމްރީން ދިނުމުގެ ތަޖުރިބާ ހުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު 8/2010 އަދި އެއާ ވިދިގެން ހަދާފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިވެފައިވުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރައްކާތެރި ކުރުމާއި ގުޅޭގޮތުން ރާއްޖޭގައި ކުރެވިފައިވާ ހުރި މަސައްކަތްތަކަށް އަހުލުވެރިވެފައިވުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޢާމަލާތުކުރުމާއި ލިއުމުގެ ޤާބިލުކަން ލިބިފައިވުން. މީގެ އިތުރަށް ސައިން ލެންގުއޭޖުން ވާހަކަ ދައްކަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މަޢުލޫމާތު އެއްކުރުމާއި، މަޢުލޫމާތުގެ އަލީގައި އެނެލިސިސް ހަދައި ރިޕޯޓްތައް އެކުލަވައިލުމުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރ ބޭނުންކުރުމުގެ ހުނަރު ލިބިފައިވުން (ވާރޑް، އެކްސެލް، ޕަވަރޕޮއިންޓް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދައި އެކުލަވައިލުން.
  2. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ މައިދާނަށް ނުކުތުމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދައި އެ މީހުންގެ ދަފުތަރެއް އެކުލަވައިލުން.
  3. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން އަދި އެމީހުން އެކަމަށް ތައްޔާރު ކުރުން.
  4. ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެފަރާތުގެ ހުންނަ ނުކުޅެދުންތެރިކަމަށް ބަލައިގެން އެކަށީގެންވާ ވަޒީފާ ހޯދައި ދިނުމުގެ މަސައްކަތް ކުރުން.
  5. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މިނިސްޓްރީގައި މަޢުލޫމާތުދޭ ޑެސްކެއް އެކުލަވައިލައި ވަޒީފާއާ ގުޅޭގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހޭލުންތެރި ކުރުވުން. (ލީފްލެޓް، ޕޯސްޓަރ، ވެބްސައިޓުގައި ޝާއިޢުކުރުން... މީޑިއާ މެދުވެރިކޮށް).
  6. ވަޒީފާދޭ ފަރާތްތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނުކުޅެދުންތެރިކަމާ ގުޅޭ މަޢުލޫމާތުދީ ތަމްރީން ޕްރޮގްރާމް ހިންގުން.
  7. ވަޒީފާގެ މައިދާނަށް އަހުލުވެރިކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް (ވޮކޭޝަނަލް) ތަމްރީން ހިންގުން.
  8. މަސައްކަތުގެ މައިދާނުގައި ދިމާވާ މައްސަލަތައް ޙައްލު ކުރާނެ ގޮތުގެ އުސޫލެއް އެކުލަވައިލުން.
  9. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން އެ މީހަކު އިޚުތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހަމަހަމަ ފުރުޞަތުތަކެއް ވަޒީފާގެ މައިދާނުގައި ހޯދައި ދިނުމަށް މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މި މަގާމަށް އެދި ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު ކޮޕީ
  5. ވަޒީފާގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން ދީފައިވާ އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ ބަންދުދުވަސްތައް ނުހިމެނޭ ގޮތަށް އެއް މަސްދުވަހުގެ ތެރޭގައިއެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު)ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013019/3027547  އެވެ.  

07 މާރިޗު 2016
ހޯދާ