މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ނަރސް

މިސަރވިސްގެ ނަންބަރު IUL)167-HR/167/2016/2)ފ(18 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެއްވެސް ނަރުހެއް ކުރިމަތިލައްވާފައިނުވާތީ އެމަޤާމަށް ބިދޭސީ ނަރުހުން ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމު

ނަރސް

ރޭންކް

އެމް.އެސް 3 (މެޑިކަލް ސަރވިސް 3)

ކްލެސިފިކޭޝަން

މެޑިކަލް ސަރވިސް

މުސާރަ

-/5,610 ރުފިޔާ

ސަރވިސް އެލަވަންސް

-/3،500 ރުފިޔާ

އެކޮމަޑޭޝަން އެލަވަންސް

-/2,500 ރުފިޔާ

ފުޑް އެލަވަންސް

-/1,800 ރުފިޔާ

ނޮން ޕްރެކްޓިކްސް

1,963/50 ރުފޔާ

ބޭނުންވާ އަދަދު

03

މަސައްކަތް ކުރަންޖެހޭ ތަން

މާލެ ޖަލު، މާފުށި ޖަލު އަދި އައްސޭރި ޖަލު

ޝަރުޠު

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

1- ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން.

2- ނުވަތަ ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި ޑިޕްލޮމާ އިން ނާރސިންގ އެންޑް މިޑްވައިފްރީ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވުން.

3- ނުވަތަ ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނަރސިންގެ ރޮގުން ޑިޕްލޮމާ ފުރިހަމަކޮށްފައިވުމާއެކު، އިތުރަށް ނަރުހުންގެ ފަންނީ ރޮނގުން ޑިޕްލޮމާއެއް ނުވަތަ ސެޓުފިކެޓެއް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ބަންދުމީހުންނަށް ގަވާއިދުން ބޭސްދިނުން.
  • ރަސްމީ ޑިއުޓީގެ އިތުރުން އިމަރޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.
  • ނާރސިންގ ސްޓޭޝަން އަބަދުވެސް އިމަރޖެންސީ ޙާލަތަށް ތައްޔާރުކޮށްފައިހުރުން.
  • އޯޕީޑިގައި ދިމާވާ މެޑިކަލް އިމަރޖެންސީތަކުގައި ބަންދުމީހުންނަށް ޞިއްޙީ ފަރުވާ ދިނުން.
  • ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދަމުންދާ ޤައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން.
  • އަލަށް ގެންނަ ޤައިދީން ސްކްރީން ކުރުން.
  • މެޑިކަލް ފައިލްތައް ބެލެހެއްޓުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

- މަތީގައި ދެންނެވިފައިވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ.

- މަތީ ތައުލީމާއި ތަމްރީނު.

އިންޓަރވިއު ކުރުން

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 
ސުންގަޑި:  މި މަޤާމްތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ)
އިތުރު މަޢުލޫމާތު 
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ޞައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް.

ފޯން ނަންބަރު: 3312694، 3328443

ފެކްސް ނަންބަރު: 3313727

އީމެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ޕާސްޕޯޓުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • ނާސިންގ ރެޖިސްޓްރޭޝަނުން ދޫކުރާ ޕްރީ-ރެޖިސްޓޭޝަން ސްލިޕްގެ އޮރިޖިނަލް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ސީވީ ).
  • ނެގި ފަހުން 03 މަސްނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • ނެގި ފަހުން 03 މަސްނުވާ ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.
  • މިހާރު ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ މި ސަރވިސްއަށް ބަދަލުވުމާމެދު އިއުތިރާޒެއް ނެތްކަމުގެ ރަސްމީ ލިޔުން.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ޕޭޖް ނަންބަރު ޖަހައި ފޯމާއެކު ސްޓޭޕްލް ކުރެވިފައެވެ.)

23 ޖުމާދަލްއޫލާ
 
06 މާރިޗު 2016
ހޯދާ