ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ މެޑިކަލް ސަރވިސަސް ރީޖަނަލް ޑިޕާޓްމަންޓަށް އޮފިސަރެއް ބޭނުންވެއްޖެ

މަޤާމް :އޮފިސަރ
ބޭނުންވާ އަދަދު :1

ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އޮފިސަރ ގރ 1

އަދަދު: 01

އަސާސީ މުސާރަ:-/4350ރ – -/5100ރ އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އެސްޓީއޯ މެޑިކަލް އޮފީސް / މެޑިކަލް ސަރވިސެސް – ރީޖަނަލް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1500ރ – -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީ ތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

* ޕެންޝަން  

 މަޤާމުގެ މަސްއޫލިއްޔަތު:

* އޮފީހުގެ އިދާރީ މަސައްކަތްތައް.

* އޮފީހުގެ އިދާރީ ބޭނުމަށް ނަގާ ތަކެތި ޕްރޮކިއުމަންޓް މެދުވެރިކޮށް ހޯދުން.

* މުއްދަތު ހަމަވާ ބޭސްތައް ބަލައި ރިޕޯޓު ތައްޔާރުކުރުން.

 ތަޢުލީމާއި ތަޖުރިބާ:

* އެޑްވާންސްޑް ސެޓުފިކެޓު އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން.

* ކޮމްޕިއުޓަރ ސްކިލްސް (މައިކްރޯސޮފްޓް އޮފީސް ޕެކޭޖް).

* އިނގިރޭސިބަހުން މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

 އެހެނިހެން ހުނަރު:

* ހަވާލު ކުރެވޭ މަސައްކަތްތައް އިޚުލާޞްތެރިކަމާއެކު ކަނޑައެޅިފައިވާ ވަގުތަށް ނިންމުން

* ގިނަވަގުުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މާރިޗުގެ 09 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑުއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، ޕލކ ހެޑުއޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 3344368 / 3344179  ފެކްސް: 3344041، ވެބްސައިޓް: www.sto.mv
  • އީމެއިލް އެޑުރެސް: [email protected]

 23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016
ހޯދާ