ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ވެހިކަލް ގަރާޖަށް އިލެކްޓްރީޝަނެއް ބޭނުންވެއްޖެ

މަޤާމް :އިލެކްޓްރީޝަން
ބޭނުންވާ އަދަދު :1

ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: އިލެކްޓްރީޝަން

އަދަދު: 1

މުސާރަ: -/4690ރ

ވަޒީފާގެ ބާވަތް: 1 އަހަރު ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ވެހިކަލް ގަރާޖު

 އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: -/2000ރ އާއި -/2500ރ އާ ދެމެދުގެ ލިބޭނެ.
  • ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެ.
  • އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެ.

 މަޤާމުގެ މަސްއޫލިއްޔަތު:

  • ވެހިކަލްތަކުގައި ހުންނަ ކަރަންޓު ވަސީލަތްތައް މަރާމާތުކުރުން.
  • ވެހިކަލްތައް ބަލައި، ތަހުލީލުކޮށް މަރާމާތުކުރުން.
  • އެސްޓީއޯގެ ވެހިކަލާއި، އަދި މެޝިންތަކުގެ އިލެކްޓްރިކް މަސައްކަތްތައް ކުރުން.                                       

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވަލް 3 ގެ ސެޓުފިކެޓެއް އޮތުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މާރިޗު 14 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯ ހެޑްއޮފީހުގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected] 

24 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ