ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިޔުޓަރ ޓެކްނީޝަން

އިޢުލާން

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ:

މި ސްކޫލުގެ ކޮމްޕިޔުޓަރ ޓެކްނީޝަންގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 14 ފެބުރުވަރީ 2016 ގައި ކުރެވުނު GS-65-A/2016/08 ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ކޮމްޕިޔުޓަރ ޓެކްނީޝަން

މަޤާމް:

ޖީ. އެސް. 4

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ 2

މަޤާމުގެ ކްލެސިފިކޭޝަން:

1 (އެކެއް)

ބޭނުންވާ އަދަދު:

J-223309

މަޤާމުގެ ނަންބަރު:

ވިލުފުށި / ވިލުފުށީ ސްކޫލް، އެޑްމިން ސެކްޝަން

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން:

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

 

މުސާރައާއި ޢިނާޔަތްތައް:

- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ ޝަރުޠު:

1. ކޮމްޕިއުޓަރުތަކާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

2. ސްކޫލުގެ ކޮމްޕިއުޓަރުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

3. ސުކޫލުގެ ނެޓްވޯރކް ބެލެހެއްޓުން.

4. ސުކޫލުގެ އިންޓްރާނެޓް ބަލަހައްޓައި، އަޕްޑޭޓްކުރުން.

5. އެންޓިވައިރަސް އަޕްޑޭޓްކުރުން.

6. ކަނޑައެޅިފައިވާ އުޞޫލުން ކްލާސްތަކަށް ކޮމްޕިއުޓަރު ކިޔަވައިދިނުން.

7. ހަފްތާއަކު އެއްފަހަރު ކޮމްޕިއުޓަރުތައް ސްކޭންކޮށް ޑީފްރެގްމެންޓްކުރުން.

8. ރީސައިކަލް ބިން ހުސްކުރުން.

9. ކޮމްޕިއުޓަރުތަކުގެ ކޮންޑިޝަން ޗެކްކުރުން.

10. ބޭނުންނުވާ ފައިލްތައް ނައްތައިލުން.

11. އެއްވެސް ކޮމްޕިއުޓަރަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ވެރިއަކަށް ދަންނަވައި، އެ މައްސަލަ ޙައްލުކުރުން.

12. ކޮމްޕިއުޓަރުތައް މަރާމާތުކުރުމާއި މާލެ ފޮނުވުމަށާއި ގެނައުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

13. އިންޕޮމޭޝަން ޓެކްނޮލޮޖީގެގޮތުން ސްކޫލަށް ހޯދޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

14. ސްކޫލުގެ ކޮމްޕިއުޓަރުތައް އެއްތަނުން އަނެތްތަނަށް ބަދަލުކުރުމުގެ ކުރިން ވެރިއަކަށް ދެންނެވުން.

15. ބައުވެ ނުވަތަ ހަލާކުވެގެން ބޭނުން ނުކުރެވޭ ތަކެތީގެ ލިސްޓް ތައްޔާރުކޮށް، ސްކޫލުގެ އޮފީހަށް ހުށަހަޅަމުން ގެންދިއުން.

16. މަސައްކަތުމީހުންގެ އެހީއާއެކު ކޮމްޕިއުޓަރުތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.

17. މަތީ ސާނަވީ ކުދިންނަށް އިންޓަރނެޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކަންތައްތައް ރޭވުމާއި،  އިންޓަރނެޓުގެ ޚިދުމަތް ކުދިން ހޯދާއިރު، އެކަން މޮނިޓަރކޮށް، އެ ޚިދުމަތް ލިބިގަންނަނީ ހެޔޮގޮތުގައިތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުއެޅުން.

18. ސްކޫލުގެ ބެލް ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކޮށް، ބަރާބަރަށް ބެލްޖެހޭނޭ ގޮތް އިންތިޒާމުކުރުން.

19. ސްކޫލުން ހިންގާ ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކަށް ސައުންޑް ތައްޔާރުކުރުމާއިި، ފޮޓޯނެގުމާއި، މޫވީކުރުމުގެ ކަންތައްތައް ކުރުން.

20. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސްކޫލުގެ މުވައްޒަފުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވުން.

21. އޯޑިއޯ ވިޝުއަލްއާ ގުޅޭ ތަކެތި ބެލެހެއްޓުން.

22. ކޮމްޕިއުޓަރ ލެބާ ގުޅޭގޮތުން އިދާރާއިން ހަމަޖައްސާ އުސޫލުތައް ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރުން.

23. ކޮމްޕިއުޓަރ ލެބުގެ ކޮމްޕިއުޓަރުތަކުގައި ޓީޗަރުން ރައްކާކުރާ ޓެސްޓް ޕޭޕަރުތައް ފަދަ މުހިންމު ލިޔުންތައް ސިއްރުކޮށް އެހެން ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު ނުދިނުން.

24. ޖަލްސާތަކާއި ބައްދަލުވުންތަކުގައި ސައުންޑް ސިސްޓަމް ބޭނުންކުރަން ޖެހިއްޖެނަމަ، އެކަން އިންތިޒާމުކުރުން.

25. އިދާރީގޮތުން އެހީތެރިވުން.

26. ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

27. ސްކޫލުގައި ދިމާވާ ބޮޑެތި ކަންތައްތަކާއި މަސައްކަތްތަކުގައްޔާއި، ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

 

- ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ތަޖުރިބާ.

- އިންޓަވިއު.

- ކޮމްޕިއުޓަރުގެ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު.

- ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

- މުޢާމަލާތުކުރުމުގެ ހުނަރު.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ތ. ވިލުފުށީ ސްކޫލުގެ އޮފީހަށެވެ.

ތަކެތި ހުށަހަޅަންވީގޮތް:

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 13 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

ސުންގަޑި:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 މާރިޗު  14 އާއި 16 އާ ދެމެދުގެ ތާރީޚެއްގައި ތ. ވިލުފުށީ ސްކޫލުގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

އިންޓަވިއު ކުރުން:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ވިލުފުށީ ސްކޫލުެ އޮފީހުން ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި، 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 7940633 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016
ހޯދާ