މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނގޮޅިތީމުގެ ވަލުތެރޭގައި ހުރި ރުއްގަސްތައް ކުއްޔަށް ދޫކުރުން

އިޢުލާން

އަނގޮޅިތީމު ވަލުތެރޭގައިހުރި ރުއްގަސްތައް ކުއްޔަށް ދޫކުރުން

މި ރަށު ވަލުތެރޭގައި ހުރި ރައްޔިތުންގެ "ކަށިކެޔޮފާ"، "ބަނބުކެޔޮފާ" އަދި "މޫސާދީ ރުއްގަނޑާއި" ރައްޔިތުންގެ "ބަންޑާރަ ރުއްގަނޑު" ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. މި ގަސްފާތަކާއި ރުއްގަނޑުތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މި ރުއްގަސްތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ބޭފުޅުން މި އިޢުލާނުގައިވާ އަގު ހުށަހަޅާ މުއްދަތު ކަމަށް ބަޔާންވެފައިވާ ގަޑީގެ ކުރިން ރަސްމީ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު ތިރީގައިވާ ތާރީޚުގައި މިވާ ގަޑިއަށް މި އިދާރާއަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަގު ހުށަހަޅުއްވަން ވަޑައިގަންނަވާ ބޭފުޅުން އައިޑީކާޑު ގެންނަވަންވާނެއެވެ. މީގެ ތެރެއިން އަގު ހުށަހަޅާނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށް، ކޮންމެ އައިޓަމް ނަންބަރަކަށް ވަކި އަގެއްގެ ގޮތުގައި ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި، އަގު ހުށަހަޅާ ރުއްގަނޑު ނުވަތަ ގަސްފަލުގެ ނަން އޮންނަންވާނެއެވެ. އަދި އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

ހުށަހަޅަން ޖެހޭ ތާރީޚު / ގަޑި

ނަން

އައިޓަމް#

09 މާރިޗު 2016 / 11:00

ބަނބުކެޔޮފާ އަދި ކަށިކެޔޮފާ

1

09 މާރިޗު 2016 / 11:15

މޫސާދީ ރުއްގަނޑު

2

09 މާރިޗު 2016 / 11:30

ރައްޔިތުންގެ ބަންޑާރަ ރުއްގަނޑު

3

03 މާރިޗު 2016
ހޯދާ