ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:  

ޖެނެރަލް މެޑިކަލް ޕްރެކްޓިޝަނަރސް   

މަޤާމުގެ ރޭންކް: CS 12–1 

މުސާރަ:

މަހަކު -/15090 ރުފިޔާ 

ސަރވިސް އެލަވަންސް:

މަހަކު -/8250 ރުފިޔާ

ޑިވިޜަން:

ކިއުރެޓިވް އެންޑް ޑައިގްނޯސްޓިކް ސަރވިސަސް

ސެކްޝަން / ޔުނިޓް:

-

މަސައްކަތް ކުރަންޖެހޭ ތަން:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބަލިމީހާއާއި އޭނާގެ އާއިލާއާ ވާހަކަދައްކައި، ޖިސްމާނީ ބެލުންތަކާއި ނަފްސާނީ ބެލުންތައް ބަލައި، ބަލި ހާލަތު ދެނެގަތުން.
  2. ބަލި ހާލަތު ދެނެގަތުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް އެންގުމާއި، އެ ތަހުލީލުތަކުގެ ނަތީޖާ ބަލައި، ފަރުވާ ކުރިއަށް ގެންދިއުން.
  3. ބަލިމީހާއަށް ބޭސް ލިޔެދިނުމާއި، ފަރުވާ ކުރުމާއި، ކައުންސެލިންގ ދިނުމާއި، ބަލިތަކުން ރައްކާތެރިވުމަށް އިރުޝާދު ދިނުމާއި، ބަލިމީހާގެ ހާލަތު ގަވާއިދުން މޮނިޓަރކުރުން.
  4. ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ ޕްރޮސީޖަރތަކާއި އޮޕަރޭޝަންތައް ކުރުމުގައި އެހީތެރިވުން.
  5. އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައްޔާއި އާންމު ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގައްޔާއި، ހިންގުމުގައި ބައިވެރިވުން.
  6. ރިފަރ ކުރަންޖެހޭ ހާލަތްތަކުގައި ފަރުވާއަށް ބޭނުންވާ ޚާއްޞަ ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ބަލިމީހުން ރިފަރކުރުން.
  7. ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ ޕްރޮސީޖަރތަކާއި އޮޕަރޭޝަންތައް ކުރުމުގައި އެހީތެރިވުން.
  8. އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައްޔާއި، އާންމުން ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގައްޔާއި، ހިންގުމުގައި ބައިވެރިވުން.
  9. ރިފަރކުރަންޖެހޭ ހާލަތްތަކުގައި ފަރުވާއަށް ބޭނުންވާ ޚާއްޞަ ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ބަލިމީހުން ރިފަރކުރުން.
  10. މާބަނޑު ދުވަސްވަރާއި، ވިހެއުމުގެ ތެރޭގައްޔާއި، ވިހެއުމުގެ ފަހުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތައް ދެނެގަނެ، ފަރުވާކޮށް އަދި ރިފަރކުރަންޖެހޭ ޙާލަތްތަކުގައި ރިފަރކުރުން.
  11. ބަލިމީހާގެ ޞިއްޙީ މަޢުލޫމާތު ލިޔެ، ރިކޯޑްކޮށް، އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާގެމަތިން މެދުނުކެނޑި ފަރުވާ ކުރިއަށް ގެންދިއުމާއި ޓީމުގެ އެހެން ޞިއްޙީ ޚިދުމަތްތެރިންނާއި ހިއްސާކުރުން.
  12. ޤާނޫނީ ވާޖިބާއި، ފަންނީ ވާޖިބު އަދާކުރުމުގެގޮތުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތާއި، ވިހާ މަރުވާމީހުންގެ މަޢުލޫމާތާއި،  ނޯޓިފައިކުރަންޖެހޭ ބަލިތަކުގެ މަޢުލޫމާތު، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހިއްސާކޮށް، ދިރާސާތަކާއި ތަޙުޤީޤުތަކުގައި އެހީތެރިވުން.
  13. އިންސާނުންނަށް  ކުރިމަތިވާ  ޚާއްޞަ  ޞިއްޙީ  ހާލަތްތަކާއި  ބަލިތަކުގެ  އަޞްލު  ދެނެގަތުމާބެހޭ  ދިރާސާތައްކޮށް، އެ ބަލިތަކުގެ ފަރުވާއާއި ރައްކާތެރިވުމާބެހޭ ދިރާސާތައްކޮށް، ސައިންޓިފިކް ރިޕޯޓްތަކުގައި ޝާއިޢުކުރުން.
  14. އެކިއެކި ހާނީއްކަ ލިބިގެން ޞިއްޙީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަރުވާ ދިނުމާއި، ތަޙުޤީޤީ އިދާރާތަކުން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

 

ތަޢުލީމާއި ތަޖުރިބާ:

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.

ނޯޓް: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހިންނަށެެވެ. ނަމަވެސް، ދިވެއްސަކު ނުލިބިއްޖެނަމަ، ބިދޭސީ މުވައްޒަފަކު ނެގޭނެއެވެ.

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ، ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު ލިޔުން)

3. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދޫކުރައްވާފައިވާ ރަޖިސްޓްރޭޝަނާއި، ޕްރެކްޓިސްކުރުމުގެ ހުއްދަ.

4. މެޑިކަލް އޮފިސަރުންގެ މަޤާމަށް ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި މެޑިކަލް އޮފިސަރެއްގެގޮތުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ހުށަހަޅަންވާނެއެވެ. މި ލިޔުން ހުށަނާޅާ ފަރާތްތަކެއް މެޑިކަލް އޮފިސަރުގެ މަޤާމުތަކަށް ޝަރުޠު ފުރިހަމައެއް ނުވާނެއެވެ.

5. ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް ވެސް (އެކްރެޓިޑްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެއެވެ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

8. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

9. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

10. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި:

2016 މާރިޗު 15 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ މާރިޗުމަހުގެ 4 ވަނަ ހަފްތާގެ ތެރޭގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- ރަސްމީ ގަޑީގައި މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6885046 ނަންބަރު ފޯނަށް ނުވަތަ 6885045 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

22 ޖުމާދަލްއޫލާ 1437

02 މާރިޗު 2016
ހޯދާ